އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމަށް 5 އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ. މީގެ ތެރޭގައި ކަރަންސީ ސްވޮޕް އެއްބަސްވުން ވެސް ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، މިއަދު ނިއު ދިއްލީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، ދިވެހިރާއހިރާއްޖެއާއި އިންޑިއާގެ އިސް ދައުލަތުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެއްބަސްވުމަކީ ކަރަންސީ ސްވޮޕް އެގްރީމަންޓެވެ. މި އެއްބަސްވުން ވެވިފައިވަނީ ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިއާގެ ރިޒަރވް ބޭންކާ ދެމެދުގައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެެ ޤައުމުގެ މާލީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއް ވެވިދާނެ ކަމަށްވެސް ލަފާކުރެވެއެވެ.
Advertisement
7 އޮކްޓޯބަރ 2024