އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ދިވެހިރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑުގެ ޚިދުމަތް މިއަދު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މި މުހިންމު ފިޔަވަޅު އެޅިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކަށްފަހު، ދެ ޤައުމުގެ މެދުގައި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މި ޚިދުމަތް ތަޢާރަފުކުރެވުނެވެ.

މި ޚިދުމަތުގެ ރަސްމީ އިފްތިތާޙީ ހަރަކާތުގެ ގޮތުން، ވަރޗުއަލްކޮށް ކުރިއަށްގެންދެވުނު ޑެމޮންސްޓްރޭޝަނެއްގައި، އޮތެންޓިކް މިކް މޯލްޑިވްސްގެ ފިހާރައަކުން ކަސްޓަމަރަކު ރުޕޭ ކާޑު ބޭނުންކޮށްގެން މުޢާމަލާތެއް ފުރިހަމަކުރިއެވެ. މިއީ ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކޮށްގެން ކުރެވުނު ފުރަތަމަ މުޢާމަލާތެވެ.

ރުޕޭ ކާޑުގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކާއި، ޕޮއިންޓް އޮފް ސޭލް މެޝިންތަކާއި އަދި އެހެނިހެން ޑިޖިޓަލް ޕްލެޓްފޯމްތަކުގައިވެސް މި ކާޑު ބޭނުންކުރެވޭނެއެވެ. ރުޕޭއަކީ އިންޑިއާގައި ވަރަށް މަޤްބޫލު ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގައި އިންޑިއާގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތްވެސް ތަޢާރަފުކުރެވޭނެއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު