އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ.މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ އިންޑިއާގެ ތާޖް މަހަލަށް ޒިޔާރަތްކުރައްވައިފި

ރައީސް ޑރ.މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ އިންޑިއާގެ ތާޖް މަހަލަށް ޒިޔާރަތްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ދިވެހިރާއްޖޭގެ ރައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު އިންޑިއާގެ ތާރީޚީ އަދި ސަޤާފީ ތަރިކައިގެ ރަމްޒު ކަމުގައިވާ ތާޖް މަހަލަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގުމޫގެ ޚާއްޞަ ދަޢުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދައުލަތުގެ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ތާޖް މަހަލަށް ޒިޔާރަތްކުރައްވައި، މި ދުނިޔޭގެ އަޖައިބަތުގެ ތެރޭގައި ހިމެނޭ މި ތާރީޚީ އިމާރާތް ގާތުން ބައްލަވާލެއްވިއެވެ.

ތާޖް މަހަލަކީ 17 ވަނަ ޤަރުނުގައި މުޣަލް ޢާއިލާއިން ބިނާކުރި، ދުނިޔޭގެ އެންމެ މަޝްހޫރު އާސާރީ އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތެވެ. މި އިމާރާތަކީ އިންޑިއާގެ އާގްރާ ސިޓީގައި ހުންނަ، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަނެކެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހެނިހެން މުހިންމު ސިޓީތަކަށްވެސް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެވެއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް