އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަކި ސޫރަތެއް ހިތުންކިޔަން ނޭނގޭތީ ދަމުނަމާދުނުކޮށް ތިބެން ހެޔޮނުވާނެ! އެމީހަކަށް އެނގޭ މިންވަރަކަށް ކިޔެވުމުން ފެދޭނެ!

ވަކި ސޫރަތެއް ހިތުންކިޔަން ނޭނގޭތީ ދަމުނަމާދުނުކޮށް ތިބެން ހެޔޮނުވާނެ! އެމީހަކަށް އެނގޭ މިންވަރަކަށް ކިޔެވުމުން ފެދޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

ރޭއަޅުކަން ކުރުމުގެ ވާހަކަ ބުނާއިރަށް ގިނަ ބައަކު ދައްކާނީ ކިޔަވަންޖެހޭނެ ސޫރަތްތަކުގެ ވާހަކައެވެ. އުޅޭނީ ސޫރަތް އޮޅުންފިލުވާށެވެ! ނަމަވެސް އެއީ އެހެން އޮތްކަމެއް ނޫނެވެ. ރަސޫލް (ﷺ) ދަމުނަމާދުގައި ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވިވަރާއި ގާތަކަށްވެސް އަހަރެމެންނަކަށް އެކަމެއް ނުކުރެވޭނެއެވެ.

މީގެމާނައަކީ އެއްވެސް ޙާލެއްގައި ސުންނަތާއި އެއްގޮތަށް ނަމާދުކުރަން މަސައްކަތް ނުކުރުމެއް ނޫނެވެ! ނަމަވެސް ގިނަ ބައަކަށް މިވަނީ ދަމުނަމާދު ކުރުމުގެ މުހިންމު ކަމާއި ސޫރަތްތައް ކިޔެވުމުގެ ޙުކުމް އޮޅިފައެވެ.

ފުރަތަމަ އޮތީ ދަމު ނަމާދު ނުވަތަ ތަރާވީޙް ނަމާދު އަދި ވިތުރިވެސް ކުރުމެވެ. އަވަސްވެގަންނަންވީ ކީރިތި ޤުރައާނުން ކޮންމެ ތަނެއް ކިޔަވައިގެން ނަމަވެސް ނަމާދުކުރުމަށެވެ. އެހެނީ ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ކޮންމެ ސޫރަތެއް ނުވަތަ ކޮންމެ ސޫރަތަކުން އާޔަތެއް ކިޔަވައިގެން ނަމަވެސް ނަމާދުކުރުމެވެ.

އެކަމަށް ﷲ ތައާލާ ދެއްވަވާފައިވާ ލުއިކަން ނިކަން ދެކިބަލާށެވެ! "-- ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ! ތިއަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބައަކު ﷲ ގެ ފަޟްލް ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބައަކު ﷲ ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ!—" (އަލް މުޒަންމިލް : 20)

އެއް އާޔަތެއްގައި ދެފަހަރަށް ވަޙީކުރައްވަވާފައި އެވަނީ ފަހެ، އެ ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ!—"

ވީމާ ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިވެނި އެވެނި ސޫރަތް ނުއެނގޭތީ ރޭ އަޅުކަން ނުކޮށް ނުތިބޭށެވެ! ކިޔަވަން ބޭނުންވާ ސޫރަތްތައް ނުއެނގޭ މީހާ އެގޭތަނެއް ކިޔަވާށެވެ! އެންމެ އާޔަތެއް ކިޔަވައިގެންވެސް ރޭއަޅުކަން ކުރެވޭތޯ ބަލާށެވެ! ދަމުނަމާދުގެ މަދުވެގެން 8 ރަކްޢަތް ކުރަން މަސައްކަތްކުރާށެވެ! ނުކުރެވޭ މީހާ އެންމެ ދެ ރަކްޢަތް ނަމަވެސް ކުރާށެވެ. ވިތުރީގެ 3 ރަކްޢަތް ކުރަން މަސައްކަތްކުރާށެވެ! ނުކުރެވޭ މީހާ އެންމެ ރަކްއަތެއް ނަމަވެސް ކުރާށެވެ! އެނގޭ މިންވަރަކަށް ކިޔަވާށެވެ! ގިނަ ސޫރަތާއި އާޔަތްތައް ނުއެނގޭނަމަ އެނގޭ މިންވަރު ތަކުރާރުކުރަމުންވެސް ކިޔަވާށެވެ! މުހިންމޫ ކޮންމެ ޙާލެއްގައިވެސް ރޭއަޅުކަން ކުރުމެވެ.

"ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބައަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ ﷲ އެވެ.

މުޅި ރޭގަނޑު، ރޭއަޅުކަމުގައި ޤާއިމުވެ ތިބުމަށް ތިއަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިއަބައިމީހުންގެ މައްޗަށް އެކަން ޢަފޫ ކުރައްވަވައި ލުއިކުރައްވަވައިފިއެވެ. ފަހެ، ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ!

ތިއަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބައަކު ﷲ ގެ ފަޟްލް ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބައަކު ﷲ ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ ޤުރްއާނުން ފަސޭހަވީ މިންވަރެއް ތިއަބައިމީހުން ކިޔަވާށެވެ!

އަދި ތިއަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ތިއަބައިމީހުން ޒަކާތް ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން ﷲ އަށް ދަރަނިދޭށެވެ! (އެބަހީ: اﷲ އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ޘަވާބު، ﷲ ގެ ޙަޟްރަތުގައި ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިއަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިއަބައިމީހުން ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަލް މުޒަންމިލް: 20)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް