އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގެ ބިރުވެރިކަމުގެ ތެރެއިން ނަރަކައިގައި ބޯންޖެހޭނެ ބުއިން-

ނަރަކައިގެ ބިރުވެރިކަމުގެ ތެރެއިން ނަރަކައިގައި ބޯންޖެހޭނެ ބުއިން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު

ނަރަކައަށް ބިރުވެތިނުވެވި ސުވަރުގެ ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނީ ކޮންމެ މީހަކަށްވެސް ބޮޑަށް ޖެހިލުންވެވޭނީ އެމީހަކަށް ގެއްލުމާއި ދެރަ ލިބޭނެ ކަންކަމަށް ކަމުގައިވާތީއެވެ. ޢިލްމުވެރިން ދެއްވަވާ ދަރުސްތަކުގައި ނަރަކައިގެ ވާހަކަތައް އެހައި ގިނައިން ދައްކަވާ އެއް ސަބަބަކީ އެއީއެވެ.

މަރުވުމާއި ބަރުޒަޚުގެ ޢާލަމާއި މަޙްޝަރުދުވަހާއި ނަރަކައާއި ސުވަރުގެއާއިމެދު މީސްތަކުންގެ ހޭލުންތެރިކަން އިތުރުކުރަން މިއަދުނޫހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ހަނދާން އައުކޮށްލައި މިދެނީ މުޅިން ތަފާތު ރިސިޕީއެއްގެ ވާހަކައެވެ. ތިއަ ހޯއްދަވާ ރިސިޕީތަކުގެ ތެރޭގައި މި ރިސިޕީ ހަމަ ނެތި ހިނގައިދާނެއެވެ. ހަމަޔަޤީނުންވެސް މި ރިސިޕީއަކީ ހުރިހާ މުސްލިމުންނަށްވެސް އެނގޭ ރިސިޕީއަކަށްވެގެން ނޫނީ ދެކޮޅެއް ނުޖެއްސޭނެއެވެ.

ނަން: ޙަމީމް ވަޤައްސާޤް

އުފެދިފައި ވާނީ: ކެކިކެކި ހުންނަ ހޫނު ފެނުގެ ތެރެއަށް ނަރަކައިގެ އަހުލުވެރިންގެ ގައިން އޮހޮރެމުންދާ ފާދިޔަ އެއްކުރެވިގެންނެވެ.

 

އެ ހުންނާނީ ކިހިނެއްތަ؟: "އެއީ ތެޔޮ ކުނޑިތަކެއްހެން ހުންނަ ކެކިކެކި ހުންނަ ހޫނު ފެނެކެވެ.

އެ ލިބެނީ ކިހިނެއްތަ؟: "އެބައިމީހުން ފެނަށް އެދިގެން އާދޭސްކުރީމާ، ފެނަށް ކަރުހިއްކައިގަނެގެން ފެންފޮދަކަށް އެދިގެން އާދޭސްކުރީމާ ތެޔޮ ކުނޑިތަކެއްހެން ހުންނަ ހޫނުކަން ގަދަ ފެނެއް އެބައިމީހުންނަށް ބޯންދެވޭނެ." (ވަޙީ)

ބުއީމާ ވާނީ ކިހިނެއް؟: އެފެން އެބައިމީހުން ބުއިމަށްޓަކައި ހަމައެކަނި އަނގަޔާ ކައިރިކޮށްލާތަނުން މޫނުގެ މަސްތައް ވިރިގެން ފައިބައިގެންދާނެއެވެ. އަދި ކޮބައިތޯ؟ އެބުއިމާއިއެކީގައި އެމީހުންގެ ގޮހޮރުތައް ވިރިގެން ފައިބައިގެންދާނެއެވެ.

އެހުރިހާ އެއްޗެއް ވިރިގެން ދިއަކަމުގައި ވިޔަސް އަނެއްކާވެސް އެމީހުންނަށް އެއިހު ހުރިފަދައިން އެގުނަވަންތައް އެއެއްޗެއް ލައްވައި އަނެއްކާ ވެސް އެމީހުންނަށް ނަރަކައިގައި އަޛާބުގެ ރަހަ ދެއްކުމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންނަށް އެހުރިހާ އަޛާބެއް ދައްކަވާނެއެވެ.

(މިއީ ޑރ. އިޔާޟް ދެއްވާފައިވާ ތިރީގައި މިވާ ދަރުސްގެ ބައިތައް ހިމަނައިގެން އެކުލަވައިލި ބާބެކެވެ.)

ނަރަކައިގަ ކުރިމަތިވާނެ ބިރުވެރި ގަދަފަދަ ޢަޛާބުގެ ބައެއް މަޢްލޫމާތު:

ނަރަކައިގެން އަހުލުވެރިންނަށް ނަރަކައިގައި ލިބެމުންދާ ގަދަފަދަ ޢަޛާބުގެ ސަބަބުން އެމީހުން އެއަޛާބުގައި ހަލާކުވެގެން ދެން އެހިސާބުން ނިމިގެންދާނެ ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެއެވެ.

އެހެންނުވާނެކަން އަންގަވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވަވާފައިވެއެވެ!

"ތިމަން ﷲ ގެ އާޔަތްތަކަށް ކާފިރުވި މީހުން ތިމަންﷲ ތިއަބައިމީހުން ނަރަކައިގެ ތެރެއަށް ވައްދަވާނަމޭ. އެމީހުންގެ ހަންގަނޑުތައް ވިރިގެން ދިޔައީމާ އެބައިމީހުންނަށް އަޛާބުގެ ރަހަ ފެނުމަށްޓަކައި އަނެއްކާ އެހެން ހަން އަރުއްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެހުރިހާކަމެއް އެގޮތަށް ކުރައްވާނެ. ހަންގަނޑު ވިރިގެން ދިޔައީމާ އަނެއްކާ އެހެން ހަންގަނޑެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް އަނެއްކާ އެހަންގަނޑު ވިރިގެން ދިޔައީމާ އަނެއްކާ އެހެން ހަންގަނޑެއް އެބައިމީހުންގެ ހަށިގަނޑަށް ލެވިގެން އެބައިމީހުންގެ އަޛާބުގެ ވަރުގަދަ ރަހަ އަބަދާ އަބަދު ދެކިދެކި ހުންނާނެ."

"އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ.(.) އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް އިޢާދަ ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ ޢަޛާބުގެ ރަހަ ތިއަބައިމީހުން ލިބިގަންނާށެވެ!" (އަލްޙައްޖު: 21،22)

އެއޮއްފަދަ ހޫނުކަން ގަދަ އަލިފާނުގެ ތެރޭގައި އެބައިމީހުންނަށްޓަކައި އެއަލިފާންގަނޑު ފިނިކޮށްދޭނެ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއަލިފާންގަނޑުގެ ތެރޭގައި އެބައިމީހުން ހޭދަކުރަންޖެހޭތީ ހޫނުގަދަވުމުގެ ސަބަބުން ކަރުހިއްކުން ފިލުވާލާނެ އެއްވެސް އެއްޗެއް ވެސް އެބައިމީހުންނަކަށް ނުލިބޭނެ އެވެ.

 

ﷲ ވަހީކުރައްވަނީ "އެމީހުންނަށް އެތަނުން ހޫނުކަން ފިލުވާލާނެ ފިނިކަމެއް ނުލިބޭނެ. އަދި ކަރު ހިއްކުން ފިލުވާލާނެ ބުއިމެއްވެސް އެބައިމީހުންނަކަށް ނުލިބޭނެ."

އެމީހުން ކަރު ހިއްކައިގަނެގެން ފެނަށް އާދޭސްކުރާ ހާލުގައި އެބައިމީހުންނަށް ބުއިމެއް ދެވޭނެ އެވެ. އެއީ ހަމީމް ވަޤައްސާޤް، އެވެ. ކިޔޭ ކެކިކެކި ހުންނަ ހޫނު ފެން އެއްޗެކެވެ.

އެމީހުންނަށް އެއެއްޗެއް ބޯންދެވޭނީ އެއިގެ ތެރެއަށް އެމީހުންގެ ގައިން އޮހޮރެމުންދާ ފާދިޔަ އެއްކުރެވިގެންނެވެ. އެބޯންދެވޭއިރުގައި ވެސް އޭގައި ހުރި ހޫނުކަމާއި އޭގައި ހުރި ނުރައްކާކަން ބަޔާންކުރައްވަމުން ﷲ ވަހީކުރައްވަނީ "އެބައިމީހުން ފެނަށް އެދިގެން އާދޭސްކުރީމާ، ފެނަށް ކަރުހިއްކައިގަނެގެން ފެންފޮދަކަށް އެދިގެން އާދޭސްކުރީމާ ތެޔޮ ކުނޑިތަކެއްހެން ހުންނަ ހޫނުކަން ގަދަ ފެނެއް އެބައިމީހުންނަށް ބޯންދެވޭނެ."

އެއީ ކެކިކެކި ހުންނަ ހޫނުފެނެކެވެ. ތެޔޮ ކުނޑިތަކެއްހެން ހުންނަ ހޫނު ފެނެކެވެ. އެފެން އެބައިމީހުން ބުއިމަށްޓަކައި ހަމައެކަނި އަނގަޔާ ކައިރިކޮށްލާތަނުން މޫނުގެ މަސްތައް ވިރިގެން ފައިބައިގެންދާނެއެވެ. އަދި ކޮބައިތޯ؟ އެބުއިމާއިއެކީގައި އެމީހުންގެ ގޮހޮރުތައް ވިރިގެން ފައިބައިގެންދާނެއެވެ.

އެހުރިހާ އެއްޗެއް ވިރިގެން ދިއަކަމުގައި ވިޔަސް އަނެއްކާވެސް އެމީހުންނަށް އެއިހު ހުރިފަދައިން އެގުނަވަންތައް އެއެއްޗެއް ލައްވައި އަނެއްކާ ވެސް އެމީހުންނަށް ނަރަކައިގައި އަޛާބުގެ ރަހަ ދެއްކުމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހުންނަށް އެހުރިހާ އަޛާބެއް ދައްކަވާނެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް