އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލާނާ އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

ލާނާ އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްފިއެވެ.

މިއީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ 20 އަހަރުގެ އެގެ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދެވޭ މަސައްކަތެކެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި މުޅި މަޝްރޫޢު ނިންމުމަށް ރޭވިފައިވަނީ 2.5 އަހަރު ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން 3200 މީޓަރުގެ ދިގު ރަންވޭއެއް އެޅުމަށް ވަނީ ރޭވިފައެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު މަޝްރޫޢެކެވެ. އަދި ރާއްޖޭގެ ޖީޑީޕީ 8 ބިލިއަން ޑޮލަރަށް އިތުރުކުރުމަށްޓަކައި އަހަރަކު 2.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، އިޤްތިޞާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ވަޒީފާގެ ފުރުޞަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު