އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މަތީ ތަޢުލީމު ޙާސިލްކުރަމުންދާ 32 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. މި އެހީ ދެވިފައިވަނީ "ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގުރާމުގެ ދަށުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންގެންދާ 32 ދަރިވަރަކަށް އެހީ ދެވިފައިވެއެވެ.. ކޮންމެ ދަރިވަރަކަށް އެހީގެ ގޮތުގައި 10،000 ރުފިޔާ ދެވިފައިވާކަމަށް ޗައިނާ އެމްބަސީން މަޢުލޫމާތު ދީފައިވެއެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މި ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް، މަތީ ތައުލީމު ކުރިއެރުވުމަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ، ޤައުމު ބިނާކުރާނެ ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު އާދަމް، އައިޔޫއެމްގއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއިޝަތު ވަޙީދާ، އަދި މި ދެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް މާލީ ލުޔެއް ލިބި، އެ ދަރިވަރުންގެ ތަޢުލީމީ ދަތުރު އިތުރަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.
Advertisement
16 އޮކްޓޯބަރ 2024