އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫއިން އިޢުލާނުކޮށްފި

ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫއިން އިޢުލާނުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން، މިއަދު އިޢުލާނުކޮށްފިއެވެ. 

މި ލަކީ ޑްރޯގައި ނަސީބު ލިބޭ ދެ ފަރާތަކަށް 2025 ވަނަ އަހަރުގެ ޖަނަވަރީ 17 ވަނަ ދުވަހު ޤަޠަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދޯހާ މެރެތަން 2025 ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ލަކީ ޑްރޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް 26 އޮކްޓޯބަރުން ފެށިގެން 26 ނޮވެމްބަރު 2024 ގެ 23:59 އާ ހަމައަށް ބައިވެރިވެވޭނެއެވެ. ނަމަވެސް، މި ލަކީ ޑްރޯގައި ބައިވެރިވުމަށް ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހެއެވެ.

އެގޮތުން، ލަކީ ޑްރޯގައި ބައިވެރިވާ ފަރާތްތަކަކީ މަދުވެގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ވާންޖެހެއެވެ. އަދި ދޯހާ މެރެތަންގައި ހާފް މެރެތަނެއް ނުވަތަ ފުލް މެރެތަނެއް ދުވުމުގެ ޤާބިލުކަން ހުރި، ކުރިން މިފަދަ މެރެތަނެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، ޤަޠަރަށް އެތެރެވުމުގެ ޝަރުޠުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުމަކީވެސް މުހިންމު ކަމެކެވެ.

ލަކީ ޑްރޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ore.do/dohamarathon ލިންކަށް ޒިޔާރަތްކޮށް ބައިވެރިވެވޭނެއެވެ. އަދި ދޯހާ މެރެތަނާ ގުޅޭ އިތުރު މަޢުލޫމާތު https://www.dohamarathonooredoo.com/ އިން ލިބިވަޑައިގަންނަވާނެއެވެ.

މި ލަކީ ޑްރޯ މެދުވެރިކޮށް އުރީދޫއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މެރެތަނެއްގައި ބައިވެރިވުމުގެ ޚާއްޞަ ފުރުސަތެއް ހުޅުވާލާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު