އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ހޯދައިފި

ގައްދޫ ބޭރުގައި އޮތް ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ސަފާރީން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވެއެވެ. މި ހުރިހާ ތަކެއްޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ނަމަވެސް، އެ ދެ މީހުންނާ ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ގައްދޫ ޕޮލިސް ސްޓޭޝަން، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ސަބް ރީޖަންގެ ރެޕިޑް ރެސްޕޮންސް އެންޑް ހައިވިސިބިލިޓީ ޓީމު ގުޅިގެންނެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިިހާރު ދަނީ ކުރިއަށެވެ. އަދި މި މައްސަލައާ ގުޅޭ އިތިތުރު ތަފްސީލު ހާމަކުރެވޭނީ ތަޙުޤީޤު ނިމުމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް