އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 2 ސިކުންތު
ވިލާކޮލެޖުގެ ޖެނުއަރީ އިންޓޭކް 2025 ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލިމަށް ހުޅުވާލައިފިއެވެ.
މީގެތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓު ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 48 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯހެވެ.
މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމަތައް ހިމެނެއެވެ.
ކޯސްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވުނު ނޫސް ކޮންފަރެންސްގައި މަޢުލޫމާތުދެއްވަމުން ވިލާ ކޮލެޖުގެ ވައިސްރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވިގޮތުގައި މި އަންނަ އިންޓޭކްގައި ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗަޔަލްޑްހުޑް އެޑިއުކޭޝަން،ޕްރައިމަރީ،އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިންގ،އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިންގ) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން ، ސައިކޮލޮޖީ، ކައުންސެލިން، ޑާޓާ ސައިންސް، އަދި ކަލިނަރީ އާރޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ.
މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތް ޔުނިވާރސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ. މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން ޕޯރޓްސްމޯތް ޔުނިވާރސީޓީ އަށްގޮސް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެއެވެ. އަދި ދެއަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ 3 ވަނަ އަހަރުގައި ބައިވެރިވެވޭނެއެވެ.
އަދި މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ މެލޭޝިއާގެ ސައިބަރޖާޔާ ޔުނިވަރސިޓީގެ ޕްރޮގްރާމެކެވެ. މާސްކޮމިއުނިކޭޝަން، ކަލިނަރީ މެނޭޖްމަންޓް، އަދި ހޮސްޕިޓަލިޓީ މެނޭޖްމަންޓް ގެ ދާއިރާއިން ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޓެއިލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނިފައިވާއިރު، ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑްގެ ޑިގްރީ ފެންވަރާއި މާސްޓަރސް ފެންވަރުގެ 15 ޕްރޮގްރާމް ހިމެނިފައިވެއެވެ.
ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ،ޓީޗިންގ، ނާރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.
ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވެސް ކިޔެވޭނެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވި ގޮތުގައި ވިލާ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ވިލާކޮޖުން ނިކުންނަ ގްރެޖުއޭޓުންނަކީ ޢިލްމީގޮތުން، ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަޚްލާގީ މިންގަޑުން ބެލިކަމުގައި ވިޔަސް ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ޤާބިލް ބަޔަކަށް ހެދުން ކަމުގައެވެ. އަދި ކިޔަވައިދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށާއި، މިހާރު ވެސް ވިލާ ކޮލެޖުގައި ކިޔަވައިނުމުގައި އޮގްމެންޓެޑް ރިއަލިޓީ، ވަރޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލީ ފަދަ ޒަމާނީ ވަސީލަތްތައް ފުޅާ ދާއިރާއެއް ބޭނުން ކުރާކަން ފާހަގަ ކުރެއްވިއެވެ. އެކި އެކި ދާއިރާތަކަށް ޚާއްސަކޮށްގެން 11 ލެބް ޤާއިމް ކުރެވިފައިވާ ކަމަށާއި އަދި އަންނަ ޖެނުއަރީ އިންޓޭކް ފެށިގެންދާއިރު ސައިކޮލޮޖީ ލެބް, ބްރެއިން ލެބް އަކާއި އެކު އިތުރަށް ފުޅާކުރެވިގެންދާނޭކަން ފާހާގަ ކުރެއްވިއެވެ.
ޑރ. ނަޖީބު އިތުރަށް ވިދާޅުވީ،ވިލާ ކޮލެޖުން އެ ކޮލެޖުގެ މަސައްކަތްތައް ރާވައި ހިންގުމުގައި ދެމެހެއްޓެނިވި އުސޫލުތަކަށް އަބަދުވެސް އިސްކަންދެއްވާ ކަމަށެވެ. މިގޮތުން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ފާހަގަ ކުރައްވާ މި މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި، " ސަސްޓެއިނަބިލިޓީ " މޮޑިއުލްގެ ނަމުގައި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ ޚާއްޞަ މޮޑިއުލެއް ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށް ތަޢާރަފުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މިއީ ދަރިވަރުންގެ މެދުގައި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.
ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސީޓި ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. މިގޮތުން ވިލާ ކޮލެޖުވަނީ ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައި ލާރރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭނެ އެވެ. އަދި އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއްލިބޭނޭ ކަމުގެ ޔަގީން ކަން ދެއެވެ.
ޖެނުއަރީ އިންޓޭކަގއި ބައިވެރިވާން އެދޭ ފަރާތްތަކުނ ފޯމް ހުށަހެޅޭނީ ޑިސެމްބަރ 21 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ވިލާ ކޮލެޖުން ސެޕްޓެމްބަރ 2024 ގައި ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ޕްރޮގްރާމްތަކާއި އެޕްރޮގްރާމްތައް އޮފަރ ކުރެވޭ މޮޑާލިޓީސްތައް ހިމެނޭ ލިސްޓެއް މި ޕްރެސް ރިލީޒް އާއިއެކު އެޓޭޗް ކުރެވިފައިއެވަނީއެވެ.
Advertisement
31 އޮކްޓޯބަރ 2024