އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ފައިދާހުރި ދުޢާތަކުގެ ތެރެއިން: މުސްލިމެއްގެ ގޮތުގަ މަރު ގެންދެވުމަށާ ޞާލިޙުންގެތެރެއިން ލެއްވެވުން އެދި މި ދުޢާ ކުރުން ގިނަ ކުރައްވާ!

އެންމެ ފައިދާހުރި ދުޢާތަކުގެ ތެރެއިން: މުސްލިމެއްގެ ގޮތުގަ މަރު ގެންދެވުމަށާ ޞާލިޙުންގެތެރެއިން ލެއްވެވުން އެދި މި ދުޢާ ކުރުން ގިނަ ކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 49 ސިކުންތު

ނަމާދަށް އިންތިޒާރުކޮށްގެން މިސްކިތުގައި އިންނައިރުވެސް އަދި ނަމާދު ނިމިގެން ފައިބަންވުމުންވެސް ފޯނު ހުޅުވައި ބަލާ މީހުން އުޅެއެވެ. ކައިރީގައި އިނދެގެން މީހަކު އެކަންކުރާނަމަ ކުރާ ކަމެއް ބަލައިވެސް ލެވެއެވެ. ފެންނަނީ ހެޔޮ ޛިކުރެއް ނުވަތަ ދުޢާއެއް ހޯދާތަނެއް ނޫނެވެ. މެސެޖްތަކާއި ސޯޝަލް މީޑިއާ ބަލާތަނެވެ. އެމީހުން އެކަން ނުކޮށް ފޯނުން ޛިކުރުތަކާއި ހެޔޮދުޢާކުރާނަމަ ކުރާނެ ފައިދާ ކޮންފަދަ ބޮޑުވާނެކަން އެމީހުންނަށް ނުވިސްނޭކަން ހާދަދެރައެވެ.  

ގިނަގިނައިން ކުރަން ހުރި ދުޢާތަކުގެ ތެރެއިންވެސް މުހިންމު ދުޢާއެއް ޛިކުރުކޮށްލާނަމެވެ.  

ޔޫސުފްގެފާނު ﷲ ތަޢާލާއަށް ކުރެއްވެވި ދުޢާއަކީ މުސްލިމެއްގެ ގޮތުގަ މަރުގެ ގެންދެވުން އެދިގެންނާއި ޞާލިޙުންގެތެރެއިން ލެއްވެވުން އެދި ކޮންމެ މުސްލިމަކުވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ!  

رَبِّ قَدۡ اٰتَيۡتَنِىۡ مِنَ الۡمُلۡكِ وَ عَلَّمۡتَنِىۡ مِنۡ تَاۡوِيۡلِ الۡاَحَادِيۡثِ ۚ فَاطِرَ السَّمٰوٰتِ وَالۡاَرۡضِاَنۡتَ وَلِىّٖ فِى الدُّنۡيَا وَالۡاٰخِرَةِ ۚ تَوَفَّنِىۡ مُسۡلِمًا وَّاَلۡحِقۡنِىۡ بِالصّٰلِحِيۡنَ 

"އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިއ މިޘާލް އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (ޔޫސުފް: 101) 

މިދުޢާ މީސްތަކުން ކުރާނީ  ٱللَّٰهُمَّ  ކުރިއަށްލައިގެން މިގޮތަށެވެ.: 

ٱللَّٰهُمَّ فَاطِرَ السَّمٰوٰتِ وَالۡاَرۡضِاَنۡتَ وَلِىّٖ فِى الدُّنۡيَا وَالۡاٰخِرَةِ ۚ تَوَفَّنِىۡ مُسۡلِمًا وَّاَلۡحِقۡنِىۡ بِالصّٰلِحِيۡنَ 

މާނައީ: " ޔާ ﷲ! އިސްވެދިއަ މިޘާލް އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!" (ޔޫސުފް: 101) 

އަހަރެމެންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިސްވެދިއަ މިޘާލް އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާނގެއެވެ. ދުނިޔެއާއި، އާޚިރަތުގައި އަހަރެމެންގެ އެހީތެރިއަކީ ވެސް ހަމައެކަނި ﷲ ތަޢާލާއެވެ.  

މިކަންކަން ބަޔާންވެގެންވުމާއިއެކު މިދުޢާއަކީ މުސްލިމެއްގެ ގޮތުގަ މަރުގެ ގެންދެވުމަށާ ޞާލިޙުންގެތެރެއިން ލެއްވެވުން އެދި ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ!

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް