އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު
ފާފަތައް ފުއްސަވައިދެއްވެވުމަށާއި ތައުބާ ޤަބޫލުފުޅުކުރެއްވެވުން އެދިގެން ކުރަން ރަނގަޅު ދުޢާއެއް ހޯދާ މީހުންނަށް މިއޮތީ އެންމެ އަގުބޮޑު ޖަވާހިރެއް ފަދަ އަގުހުރި ދުޢާއެކެވެ. އެއް މަޖިލީހެއްގައި އިންނަވައިގެން 100 ފަހަރު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއް ދުޢާއެއް ތަކުރާރުކުރެއްވެވުމުން އެދުޢާއަކަށް ލިބިގެންދާނެ މަތިވެރި ދަރަޖަ ދެނެގަންނާށެވެ!
އިބްން ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލް (ﷺ) އެއް މަޖިލީހެއްގައި އިންނަވައި 100 ފަހަރު ތައުބާވެ ވަޑައިގަންނަވެއެވެ އަދި
رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الْغَفُورُ
މިފަދައިން ދުޢާ ކުރެއްވެވިއެވެ."
رَبِّ اغْفِرْ لِي، وَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الْغَفُورُ
އަޅުގެ ރައްބު! މިއަޅާގެ ފާފަތައް ފުއްސަވައިފާނދޭވެ! އަދ މިއަޅާގެ ތައުބާ ޤަބޫލުކުރައްވަވައިފާނދޭވެ! ހަމަ ކަށަވަރުން އިނބަ ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވަވާ ގިނަގިނައިން ފާފަފުއްސަވާ އިލާހްއެވެ.!
- ޝައިޚް އިބްރާހީމް ފަރީދް އަޙްމަދު
حَدَّثَنَا نَصْرُ بْنُ عَبْدِ الرَّحْمَنِ الْكُوفِيُّ، حَدَّثَنَا الْمُحَارِبِيُّ، عَنْ مَالِكِ بْنِ مِغْوَلٍ، عَنْ مُحَمَّدِ بْنِ سُوقَةَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، قَالَ كَانَ يُعَدُّ لِرَسُولِ اللَّهِ صلى الله عليه وسلم فِي الْمَجْلِسِ الْوَاحِدِ مِائَةُ مَرَّةٍ مِنْ قَبْلِ أَنْ يَقُومَ " رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الْغَفُورُ " . حَدَّثَنَا ابْنُ أَبِي عُمَرَ، حَدَّثَنَا سُفْيَانُ، عَنْ مُحَمَّدِ بْنِ سُوقَةَ، بِهَذَا الإِسْنَادِ نَحْوَهُ بِمَعْنَاهُ . قَالَ هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ .
Ibn Umar said: “In one sitting of the Messenger of Allah, one could county that he said a hundred time, before he would get up: ‘O my Lord, forgive me, and accept my repentance. Verily, You are the Oft-Returning, the Most Forgiving (Rabbighfirli Watub Alayya Innaka Antat-Tawwabul-Ghaffur).
Jami' al-Tirmidhi Book: 48, Hadith: 3434
Advertisement
2 ނޮވެމްބަރ 2024