އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ އާއިލީ ހަވީރެއްބާއްވައިފި

ސަރުކާރަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ އާއިލީ ހަވީރެއްބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ސަރުކާރަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން "އާއިލީ ހަވީރު" މިނަމުގައި އިވެންޓެއްބާއްވާފިއެވެ. މި އިވެންޓް އޮތީ 22 ނޮވެމްބަރ 2024 ވީ ހުކުރުދުވަހު މިފްކޯ ކުރިމަތީގައި އޮންނަ ޓާރފް ދަނޑުގައެވެ.

މިހަވީރުގައި އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި، ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ބޭއްވުނު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ. އަދި ތިމާވެއްޓާ ގުޅޭ ވަރަށް ގިނަ މަޢުލޫމާތުތައްވެސް އާންމުންނަށް އެގިގެންދިޔައެވެ.

މި އިވެންޓް ކާމިޔާބު ކުރުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތައް ގިނަގިނައިން ބޭއްވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

 

ހަބަރު: ސަރުކާޜު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު