އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންތިޚާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަކީ ސަރުކާރު ބަލައިގަތްކަމުގެ ނިޝާނެއް: ޕީއެންސީ

އިންތިޚާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަކީ ސަރުކާރު ބަލައިގަތްކަމުގެ ނިޝާނެއް: ޕީއެންސީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިންތިޚާބަށް ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަކީ ސަރުކާރު ބަލައިގަތްކަމުގެ ނިޝާނެއް ކަމަށް އެ ޕާޓީން ބުނެފިއެވެ. މިކަން ހާމަކުރެއްވީ ޕީއެންސީގެ އިންތިޚާބު ކޮމިޓީގެ މެންބަރު މުހައްމަދު އިސްމާޢީލެވެ.

އިސްމާޢީލް ވިދާޅުވި ގޮތުގައި މި އިންތިޚާބު ނިމިގެން ދިޔައީ އޮމާންކަމާއެކުގައެވެ. އަދި މި އިންތިޚާބުން ދައްކައިދެނީ ރައްޔިތުން ސަރުކާރާމެދު ދެކެނީ ރަނގަޅަށްކަމާއި، ސަރުކާރުގެ ވަޢުދުތައް ފުއްދަމުންދާކަން ރައްޔިތުން ޤަބޫލުކުރާކަމެވެ.

"ރައީސް މުޢިއްޒުގެ މަސައްކަތްތައް ރައްޔިތުން ފާހަގަކުރޭ. މިއީ ސަރުކާރަށް ރައްޔިތުން ދޭ ތާއީދުގެ ނިޝާނެއް،" އިސްމާޢީލް ވިދާޅުވިއެވެ.

ޕީއެންސީން ބުނާ ގޮތުގައި މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދެވުނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު