އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
އިންޑިއާއިން ރާއްޖެއަށް ފޮނުވާ ހަކުރު ސްރީލަންކާއަށް ޑައިވާޓްކުރި މައްސަލައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ހަކުރު ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން އިންޑިއާއިން ވަގުތީގޮތުން ހަކުރު އެކްސްޕޯޓްކުރުން މަޑުޖައްސާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ ސައްހަ ނޫން މަޢުލޫމާތު ތަކެއް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
"ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ޚާއްސަ އެއްބަސްވުމެއްގެ ދަށުން ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާތީ، ރާއްޖެއަށް ބޭނުންވާ ހަކުރު ލިބުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ،" އެ އޮފިޝަލް ވިދާޅުވިއެވެ.
އެހެންނަމަވެސް، ސްރީލަންކާ ސަރުކާރުން އިންޑިއާގެ ހަކުރު ޝިޕްމަންޓްތަކަށް ކްލިއަރެންސް ދިނުން ހުއްޓާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް އެކްސްޕޯޓްކުރުމަށް ކަނޑައަޅާފައިވާ 64,494 ޓަނުގެ ހަކުރުގެ ތެރެއިން 80 ކޮންޓެއިނަރު މިހާރު ވަނީ ސްރީލަންކާއަށް ގޮސްފައެވެ.
އެސްޓީއޯ އިން ބުނެފައިަވަނީ މި މައްސަލައާ ގުޅޭގޮތުން އިންޑިއާ ސަރުކާރާއެކު ވާހަކަދައްކަމުން ގެންދާ ކަމަށާއި، ރާއްޖޭގެ ހަކުރުގެ ސްޓޮކް ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާ ކަމަށެވެ.
Advertisement
25 ނޮވެމްބަރ 2024