އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު
ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ހުއްޓާލާފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ އެންގުމަކަށް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯގެ ބޯޑުން ވަނީ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް މުރާޖަޢާކޮށް، އެ މަސައްކަތްތަކާ ގުޅޭގޮތުން ގޮތްތަކެއް ނިންމާފައެވެ. މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް ނިންމި ޚަބަރު އެސްޓީއޯގެ ހިއްސާދާރުންނަށް ވަނީ އަންގާފައެވެ.
މި ނިންމުމާ ގުޅިގެން، ކުރިން ރޭވިފައިވާ ގޮތަށް ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުވުމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށް ބެލެވެއެވެ.
އެސްޓީއޯއިން މި މަޢުލޫމާތު ހާމަކުރި ނަމަވެސް، މި ނިންމުމާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
Advertisement
28 ނޮވެމްބަރ 2024