އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯގެ ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުވުމުން ތެލުގެ އަގަށް ހެޔޮ ބަދަލު އަންނާނެ: ޝިމާދު

އެސްޓީއޯގެ ތެޔޮ ރައްކާކުރާ ނިޒާމު ތިލަފުއްޓަށް ބަދަލުވުމުން ތެލުގެ އަގަށް ހެޔޮ ބަދަލު އަންނާނެ: ޝިމާދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ތެޔޮ ރައްކާކުރާ ނިޒާމު ފުނަދޫއިން ތިލަފުއްޓަށް ބަދަލުކުރުމުން ތެލުގެ އަގަށް ހެޔޮ ބަދަލު އަންނާނެކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝިމާދު ވިދާޅުވީ، މި ބަދަލާއެކު ތެޔޮ ރައްކާކުރުމުގެ ޤާބިލްކަން އިތުރުވެ، އޭގެ ސަބަބުން ތެލުގެ އަގަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ. އަދި މިހާރު ފުނަދޫގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ޖާގަ އިތުރުކުރެވެން ނެތުމާއި، ބޮޑެތި ބޯޓުފަހަރު ކައިރި ނުކުރެވުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ތިލަފުށީ މަޝްރޫޢަކީ އެސްޓީއޯގެ އެންމެ ބޮޑު އެއް މަޝްރޫޢު. މިހާރު ވަނީ މި މަޝްރޫޢަށް ކޮންސަލްޓަންޓެއް ހަމަޖައްސާފައި. މި މަޝްރޫޢު ފުރިހަމަ ކުރުމަށް 18 އިން 24 މަސްދުވަސް ނަގާނެކަމަށް އަޅުގަނޑުމެން ލަފާކުރަނީ،" ޝިމާދު ވިދާޅުވިއެވެ.

މީގެއިތުރުން، ފުނަދޫ ތަރައްޤީކުރުމުގެ ޕްލޭނެއްވެސް އޮތްކަމަށް ޝިމާދު ހާމަކުރެއްވިއެވެ. މި ޕްލޭންގެ ދަށުން ފުނަދޫ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށް، ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް އެތައް ގޮތަކުން ފައިދާކުރާނެ ބަދަލުތަކެއް ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު