އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވެއްޖެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދިނީމާ 4 ދުވަހު މޯޗަރީގެ ފްރީޒަރުގަ ބާއްވާފަ ނަގައި ހިނަވަން އުޅެންފެށީމާ ބަނޑުހައިވެގެން ކާނެ އެއްޗަކަށް އެދުނު މީހެއްގެ ވާހަކަ-

މަރުވެއްޖެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދިނީމާ 4 ދުވަހު މޯޗަރީގެ ފްރީޒަރުގަ ބާއްވާފަ ނަގައި ހިނަވަން އުޅެންފެށީމާ ބަނޑުހައިވެގެން ކާނެ އެއްޗަކަށް އެދުނު މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 33 ސިކުންތު

ޒަމާން ފަސްދޭ ވަރަކަށް އާދަފޫވައްޓާލައިފަނިވި ކަންކަން ފެނުން މަދުވާނެއެވެ. ސަބަބަކީ ކޮބައިކަން ސީދާ ބުނަން ނުއެނގުނަސް ބޮޑަށް ޤަބޫލުކުރެވެނީ އެފަދަ ކަންކަން ފެނުނަސް ވިސްނައި ފިކުރުކުރާނެ މީހުންގެ ޢަދަދު މަދުވަމުން އަންނާތީ މެދުވެރިވާ ގޮތެއްކަމަށެވެ.  

އެންމެ ކުރީގެ ޒަމާނުގައި ފެނުނުފަދަ ބޮޑެތި ކަންކަންމިއަދު ނުފެނުނަސް ވިސްނައި ފިކުރުކުރާ މީހަކަށް ޢިބްރަތަކަށް ފުދޭނެ އެތައް ބައިވަރު ކަންކަން މިއަދުވެސް އަންނަނީ ފެންނަމުންނެވެ.  

އަހުރެން ދެކޭ ގޮތުގައި ބަލިޙާލު ބޮޑުވެ ޝިފާ ނުލިބޭނެކަމަށް ޑޮކްޓަރުން ނިންމާފައި ތިބޭ ބަލިމީހުންނަށް ޝިފާލިބުމަކީވެސް ވިސްނާ މީހަކަށް ވަރަށް ވަރުގަދަ ފިލާވަޅެކެވެ. އެޑޮކްޓަރުން  ޑޮކްޓަރުކަން ދަސްކޮށް ތަޖުރިބާ ހޯދައިގެންއެތިބެނީ އާދައިގެ ކްލިނިކްތަކަކުން ނޫނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އިންސްޓިޔުޓްތަކުންނެވެ. ތަޖުރިބާ ޙާޞިލްކޮށްގެން ތިބޭނީ އެންމެ ފެންވަރުމަތީ ހޮސްޕިޓަލްތަކުންނެވެ. ދުނިޔޭގެ އެންމެ މަޝްހޫޜު ޑޮކްޓަރުންގެ ކިބައިންނެވެ. 

ހަމައެކަނި ބަލިން ގަދަނުވާނެ ކަމަށް ޑޮކްޓަރުން ބުނާ މީހުންނަށް ޝިފާލިބެނީއެއްވެސް ނޫނެވެ. މަރުވެއްޖެކަމަށް ޑޮކްޓަރުން ކަނޑައަޅާ މީހުން މަރުވެސް ނުވަނީއެވެ.  

ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގަމުން އަންނަ މިފަދަ ކަންކަމަށް ވިސްނައިލާ މީހަކަށްވެސް ޢިބްރަތަކަށް ފުދޭނެ މިބާވަތުގެ އެތައް ކަންތައްތަކެއް ކޮންމެ ދުވަހަކުވެސް ދަނީ ހިނގަމުންނެވެ. ނަޞޭޙަތަކީ ކުރިމަތިވާ ކަންކަމަށް ވިސްނައި ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަން ޤަބޫލުކުރުމެވެ. އާޚިރަތް ޙާޞިލުކުރަން ކުރާ މަސައްކަތް އިތުރުކުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން                                            

މިއީ ޖަމާޢަތްތެރިކަމުގައި އިސްވެ އުޅުއްވި ޝައިޚް ޢައްބާސް އަޅުގަނޑަށް ވިދާޅުވެދެއްވި ވާހަކައެކެވެ. އަދި އޭނާގެ މުޅި ޙަޔާތުގައިވެސް މިގޮތަށް ދިމާވި ފުރަތަމަ ޙާދިސާގެ ވާހަކަވެސްމެއެވެ.  

މީހަކު މަރުވީއެވެ. ޑޮކްޓަރު ބަލާފައި އޭނާ މަރުވެއްޖެކަމަށް ނިންމުމުން އޭނާ ވަޅުލަން ފުރިހަމަކުރަންޖެހޭ ކަންކަން ފިރިހަމަ ނުވެގެން ފްރީޒަރުގައި (މޯޗަރީގަ) 4 ދުވަހު ބާއްވަން ޖެހުނެވެ. އެހެންވެ ހިނަވަން ގެންދެވުނީ 4 ދުވަސްފަހުންނެވެ.  

ހިނެވުމުގެ އިސްމީހަކަށްހުރީ މިޞުރުގެ މީހެކެވެ. އޭނާ މައްޔިތާގެ ބަނޑު ސާފު ކުރުމުގެ މަރުޙަލާ ފުރިހަމަކޮށްފައި ބޭއްވިތަނާ އެއް އަތް ޙަރަމުން ނެއްޓި ވެއްޓުނެވެ. އެއީ ވެދާނެ ކަމެއް ކަމަށް ބަލައި މާބޮޑު ސަމާލުކަމެއް ނުދީ ދެންކުރަންހުރި ކަންކަމުގައި އުޅެންފަށާފައި މައްޔިތާއަށް ބަލައިލިތަނާ މައްޔިތާ ބުންޏެވެ. "އަހަރެން ވަރަށް ބަނޑުހައިގަނެއްޖެއެވެ. ކާނެއެއްޗެއް ދޭށެވެ!"  

އެހެންބުނާއިރަށް އޭނާ އެތަނުން ނުކުމެ ދުވަމުން ގޮސް ކާރަށް އަރައިގެން ބާރަށް ދުއްވާފައި ދިއައީއެވެ. ވާނުވާއެއް ނުއެނގިގެން ދަރިން އެތެރެއަށް ވަދެ ބައްޕައަށް ބަލައިލުމުން ބުންޏެވެ. "މާދަމާ ކަލޭމެން އެންމެން ކޯޓަށް ގެންދާނަމެވެ. މިހާރު މިއޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އަވަހަށް ކާނެ އެއްޗެއް ދޭށެވެ."  

ޙަޤީޤަތަކީ އޭނާ މަރުނުވާކަމެވެ. މިފަދަ ކަންކަން މެދުވެރިވެއެވެ. މަރުނުވަނީސް މަރުވެއްޖެ ކަމަށް ހީކުރެވި ވަޅުލެވެން އުޅެވެއެވެ. ވީމާ އެއީ އެހައި ބޮޑުކަމެއްގެ ގޮތަކު ނުބަލަމެވެ. ނަމަވެސް ބޮޑުކަމެއްގެ ގޮތުގައި އަހަރެން މިނަގަނީ ނުވަތަ ފާހަގަކުރަނީ ފްރީޒަރެއްގައި 4 ދުވަހު އޮތްއިރު އޭނާ މަރުނުވި ސަބަބެވެ.  

އެމީހާ ފަހުން ޖަމާޢަތްތެރިންނާއި ބައްދަލުކުރަން ދިއުމުން އެމީހުން ބުނިކަމަށްވެއެވެ. "ތިއައައީ ކީއްކުރަންހެއްޔެވެ؟ 100 ފަހަރު ކަލޭ މަރުވިޔަސް އަހަރެމެން ކަލޭ ވަޅެއްނުލާނަމެވެ." މިކަމާއި ގަތްބިރުން މިޞުރުމީހާ ވަޒީފާ ދޫކޮށްލާފައި ފުރައިގެންދިއައީއެވެ.  

ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހިނގާށެވެ! މިހުންނަނީ އާދައާއި ޚިލާފް ކަންކަމެވެ. އެހެންވެ ސަޢުދިޢަރަބިޔާގެ ޓީވީތަކާއި ނޫސްތަކުގައި ވަގުތުން މިޚަބަރު ލިޔެ ހާމަކުރިއެވެ. ޔަޤީންކުރަންވީކަމަކީ ކޮންމެ ފަދަ ގޮތަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެމީހަކު މަރުވާނީ ދުނިޔެއަށް ލާންހުރި ނޭވާގެ ޢަދަދުހަމަވަންދެން ނޭވާލުމަށްފަހުގައިކަމެވެ. އޭނާއަށް ދެއްވަވަންހުރި ރިޒުޤް ކައި ނިމުމުން ކަމެވެ.  

- މުޙައްމަދު އަލްނަޤްވީ/ ވަން އިސްލާމް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް