އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާރަ އަހަރުގެ އަންހެން ދަރިފުޅުގެ ޢިއްފަތްތެރިކަން ގަދަކަމުން ނަގާލަން އުޅުމުން ދަރިފުޅުގެ އަޑުނުއަހާ ޒުވާން ލޯބިވެރިޔާއަށް އިސްކަންދިން މަންމައަކަށް ޖެހުނު ޙާލުގެ ވާހަކަ-

ބާރަ އަހަރުގެ އަންހެން ދަރިފުޅުގެ ޢިއްފަތްތެރިކަން ގަދަކަމުން ނަގާލަން އުޅުމުން ދަރިފުޅުގެ އަޑުނުއަހާ ޒުވާން ލޯބިވެރިޔާއަށް އިސްކަންދިން މަންމައަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު

އެއީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. ލިބިފައިވަނީ އަންހެން ދަރިއެކެވެ. ޢުމުރަކީ 12 އަހަރެވެ. ފިރިމީހާއަކީ ވަޑާންކުރާ ވަޑިއެކެވެ. ދަރިފުޅުގެ ކިޔެވުމަށާއި ގޭގެ ޚަރަދުތައް ކުރަން ފައިސާ ހޯދަމުން އައީ ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ.  

އެއްދުވަހަކު ސްކޫލުން ދަރިފުޅަށް ގެއަށް އައުދެވުނުއިރު ގޯތިތެރޭގައި މަންމަ ޒުވާން ފިރިހެނަކާއިއެކު ލޯބީގެ ގުޅުން ހިންގަނީއެވެ. އެމަންޒަރު ވީޑިއޯކޮށްގެން ގެންގޮސް ބައްޕައަށް ދެއްކިއެވެ. އެކަން މަންމައަށް އެނގުމުން ހުކުމަކަށްވީ ފިރިމީހާ ގެއިން ނެރެލުމެވެ. ބުނީ ފިރިމީހާގެ ކިބައިން ދުވަހަކު ނުލިބޭ ވަރަށް އެޒުވާނާގެ ކިބައިން އުފާލިބޭކަމަށާއި އުޅޭނީ އޭނައާއިއެކުގައި ކަމަށެވެ.  

އެހިސާބުން އެގެއަށް ޒުވާނާ ގެނެސް ދަރިފުޅުގެ ކުރިމަތީގައި ބޭނުންހައި ކަމެއް ކުރަމުން ގެންދިއައެވެ. ދަރިފުޅަށް އިންނަން ޖެހެނީ ކޮޓަރީގައި ތަޅުލެވިގެންނެވެ.  

އެއް ދުވަހެކެވެ. އެޒުވާނާ ކުއްޖާގެ ކޮޓަރިއަށްވަދެ ކުއްޖާއާއި ގުޅުން ހިންގަން މަސައްކަތްކުރިއެވެ. ކުއްޖާ އެކަމަށް ދެކޮޅު ހެދުމުން ގަދަކަމުން ގުޅުން ހިންގަން އުޅެންފެށުމުން ސަލާމަތްވެވޭނެ ގޮތެއް ނެތިގެން ޒުވާނާގެ ގުނަވަނަށް ވަރުގަދަ ޙަމަލާއެއްދީފައި ނުކުންނަން އުޅުނު ވަޤުތު މަންމަ އައިސް ސުވާލުކުރުމުން ވީގޮތް ކިޔައިދިނެވެ.  

ނަމަވެސް އެޒުވާނާބުނީ އެހަދަނީ ދޮގުކަމަށާއި މިއީ ދަރިފުޅާއި އޭނާއާއިކުރެން އެކަކު އިޚްތިޔާރުކުރުމުގެ ވަޤުތު ކަމަށެވެ. އެއިރުވެސް ޒުވާނާ އުޅެނީ ގުނަވަނަށް ވީތަދުން ހިނަދަމައި ނުލެވިގެން ނަމަވެސް މަންމަ ބޭނުންވީ ދަރިފުޅުގެ ވާހަކަ ޤަބޫލުނުކޮށް ޒުވާނާގެ އަޑުއެހުމަށެވެ. އެހެންވެ ދަރިފުޅު ދޮގުހަދަނީ ކަމަށް ބުނެ ދަރިފުޅަށް އެއްޗެތިގޮވަން ފެށިތަނާ ދަރިފުޅުގެ ބައްޕަ އައިސްވަނުމުން ވަރުގަދަ ޝޮކެއް ލިބުނެވެ.  

ފުރަތަމަވެސް ބުނީ ވަޤުތުން ގެއިން ނުކުތުމަށާއި ނޫންނަމަ ފުލުހުން ގެނުވާނެ ކަމަށެވެ. ފިރިމީހާ ބުނީ ފުލުހުން ގެންނަން ނުޖެހޭނެ ކަމަށާއި މިއައީ ފުލުހުން ގޮވައިގެން ކަމަށެވެ. ފިރިމީހާ ފުލުހުންނަށް ހުށަހަޅާފައިވާ ހެކިތައް ދެއްކުމަށްފަހު އަންހެން މީހާއާއި ޒުވާނާ ހައްޔަރުކޮށްގެން ގެންދިއައީއެވެ.  

އެކަން އެހާ ފަސޭހައިން އަތުލަގެނެވުނީ ކުއްޖާ ބައްޕައަށް ވީޑިއޯ ކޯލެއް ކޮށްގެން ހުއްޓައި ޒުވާނާ އެތަނަށްވަދެ އެކަންކަން ހިންގީތީއެވެ. ވީމާ ފުލުހުންނަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބަލައި މައްސަލަ ޝަރީޢަތަށް ފޮނުވުމުން ދެމީހުންގެ މައްޗަށް ދިގުމުއްދަތެއްގެ ޖަލުހޫކުމެއް އިއްވިއެވެ.  

މަންމައަށް 20 އަަހރުގެ ޙުކުމެކެވެ. އެއީ ދަރިފުޅަށް އެވަރުގެ ބޮޑު އަނިޔާއެއް ލިބުމަށް ފުރުޞަތުދިނީތީއެވެ. އަދި އެބޮޑު ޖަރީމާ ހިންގުމުންވެސް ކުއްޖާ ދިފާޢުނުކޮށް ޒުވާނާއަށް ހިތްވަރުލިބޭގޮތަށް ކަންތައް ކުރީތީއެވެ. ޒުވާނާގެ މައްޗަށް އިއްވީ 18 އަހަރުގެ ޙުކުމެކެވެ.  

މިއީ ކުޑަކުދިންނަށް ކުރާ ޖިންސީނީ ގޯނާތަކަށް މީހުން ހޭލުންތެރިކުރުވަން ހިންގާ ޗެނެލަކުން ޢާންމުކޮށްފައިވާ ރިޕޯޓެކެވެ. ހިތާމައަކީ މާދަމާ ތިމާމެން ބަލަން ތިބި ދަރިންގެ މުސްތަޤްބަލް އަމިއްލައަތުން ކަތިލައިލެވޭ ކަމެވެ. ވަޙުޝީކަން އިންތިހާއަށްގޮސް އަމިއްލަ ދިރިއުޅުން ނަގައިލެވޭ ކަމެވެ.

މިރިޕޯޓުގައި ކުށްކޮށްފައި އެވަނީ އަނބިމީހާއެވެ. ހަމަ މިފަދަ ކުށްތައްކުރާ ބައްޕައިންވެސް މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ދަރިންނަށް ނިކަމެތިކަންލިބި ބިކަޙާލުގައި ޖެހެމުން އަންނަ ދަރިންވެސް މަދެއް ނޫނެވެ.  

އަޅުގަނޑު ބުނެލަން ބޭނުންވަނީ ދެމަފިރިންގެ ގުޅުމަކީ އެއްވެސް އަގެއް ނެތް އެއްޗަކަށް ހަދައި ހަވާ ނަފުސުގެ އެދުމަށް ބޯލެނބުމަށް އަމިއްލަ ދިރިއުޅުން ޤުރްބާންކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ލިބިފައި ތިބި ދަރިން ނިކަމެތިކޮށް އުކާލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އިންސާނުންކަމުގައި ލައްވަވައި ބުއްދި ދެއްވެވީމާ ބުއްދީގެ ބޭނުން ނުކޮށް މިހައި ދަށުދަރަޖައަށް ވެއްޓިގަންނަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  

ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ވިސްނައިލާނެ ނަމައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް