އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
ދިވެހި ފަންނުވެރިންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް 2024 ވަނަ އަހަރުގެ ބަޖެޓުގައި 25 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފުތާ 52" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރައީސް މުޢިއްޒުގެ ވަޢުދާ އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. މިށެވެ. މި ފައިސާ ބޭނުންކޮށްގެން ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި އާޓް ގެލަރީއަކާއި ސިނަމާއެއް ތަރައްޤީކުރުމާއި، ޤައުމީ ކުތުބުޚާނާގެ އައު އިމާރާތުގެ މަސައްކަތް ފެށުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ 7 ސަރަޙައްދެއްގައި ޒަމާނީ ލައިބްރަރީތައް ޤާއިމުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
"ފަންނުވެރިންނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ވެސް ފަންޑު ހަމަޖެއްސުމަށް ވަނީ ރޭވިފައި," ވަޒީރު ވިދާޅުވިއެވެ. "މިއީ ދިވެހި ފަންނުވެރިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، އެ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބައެއް."
މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހި ފަންނުވެރިންނަށް އިތުރު ފުރުޞަތުތަކެއް ލިބި، ޤައުމުގެ ސަގާފަތާއި ފަންނުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
Advertisement
30 ނޮވެމްބަރ 2024