އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ކުރާ ކަންކަމަށް ރުޅިއައިސްގެންހުރެ ގޮސް ގެއަށް ވަންނަ ގިނަ މީހުން އެމީހުންގެ އަނބިދަރިންނަށް ހިތްދަތިކަންދޭ! އެއީ ކުރެވޭ އަނިޔާއެއް!: މުފްތީ މެންކް

މީހުން ކުރާ ކަންކަމަށް ރުޅިއައިސްގެންހުރެ ގޮސް ގެއަށް ވަންނަ ގިނަ މީހުން އެމީހުންގެ އަނބިދަރިންނަށް ހިތްދަތިކަންދޭ! އެއީ ކުރެވޭ އަނިޔާއެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ދިރިއުޅެމުންދާއިރު ކޮންމެ ދުވަހަކު ކުރިމަތިވާނީ އުފާވެރިކަންކަމެއް ނޫނެވެ. ކަންބޮޑުވާންޖެހޭ ކަންކަންވެސް ކުރިމަތިވާނެއެވެ. ކަންބޮޑުވާންޖެހޭ ކަންކަންކުރާ މީހުންނާއި ބައްދަލުވެސްވާނެއެވެ. އެމީހުން ކުރާ ކަންކަމުން ސިކުނޑިއަށް އުނދަގޫތަކެއްވެސްވާނެއެވެ. އެކަމަކު އެއުނދަގޫތައް ސިކުނޑީގައި ބަހައްޓައިގެން، އެބުރަ އުފުލަމުން ގެއަށް ދިއުމަކީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.

ބައެއް މީހުން އެހެން މީހަކު ދެކެ ރުޅިއައިސްގެން ހުރެ ގެއަށް ހިނގައިދާނެއެވެ. ގެއަށް ވަންނަ ވަގުތު އަނބިމީހާ ނުވަތަ ދަރިން ގޮވައިލަފާނެއެވެ. ނަމަވެސް ބޭރުން އައިއިރު އައިސްފައި ގުންނަ ރުޅީގެ ސަބަބުން އެމީހުންނަށް ރުންކުރު ޖަވާބު އެބަ ދެވެއެވެ. އަނބިމީހާ ނުތަ ދަރިންގެ އެއްވެސް ކުށެއް ނެތިއެވެ. މިކުރެވެނީ އެއްވެސް ކުށެއް ނެތް ބައަކަށް ކިހައި ބޮޑު އަނިޔާއެއް ހެއްޔެވެ؟

މިޙާލަތު މެދުވެރިމިވީ ކީއްވެގެން ހެއްޔެވެ؟ ރުޅީގައި ގެއަށް ވަނީތީއެވެ! ހިތްހަމަނުޖެހުނު މީހާއަށް މާފުކޮށްފައި އައިނަމަ މިޙާލަތު ކުރިމައްޗެއް ނުވާނެއެވެ! ގޭގައި އިންތިޒާރުގައި ތިބި އަނބިދަރން ހިތުގައި ޖައްސައި ރޮއްވާކަށް ނުޖެހުނީހެވެ. އަޅަމެން އެންމެންނަކީ މީސްތަކުންނަށް މާފުކުރުމަށް އަވަސްވެގަންނަ ބައަކު ކަމުގައި ލައްވަވާށި! އާމީން

މިބުނި ފަދަ ޙާލަތުގައި އަނބިދަރިންނަށް ކުނިމޫނުދައްކައި ހަރުކަށި ބަސް ބުނުމަކީ އެމީހުންގެ ގައިގައި އަތުން ނުތަޅައި ކުރާ އެންމެ ބޮޑުއަނިޔާއެވެ! އަތުން ތެޅުމަށްވުރެ މާބޮޑުއަނިޔާއެކެވެ.

އެއަނިޔާ ކުރުން ހުއްޓައިލެވޭނެ މަގަކީ މީސްތަކުންނަށް މާފުކުރާ މީހަކަށްވުމެވެ. މާފުކުރުމުގައި ދީލަތި މީހަކަށްވުމެވެ!

އަޑުއިވޭހެއްޔެވެ؟ ތަކުރާރުކޮށް ބުނަމެވެ! ތިބާ އެހެން މީހުންނަށް މާފުކުރާނަމަ އެއީ ޚުދު ތިބާއަށްޓަކައި ތިބާކުރާ ކަމެކެވެ! އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ހަމަ ތިބާއަށެވެ! ސަބަބު އޮތީ ވަރަށް ސާފުކޮށް އެނގޭށެވެ! މީސްތަކުން އެކަކު އަނެކަކަށް މާފުކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ.

ދެން ބަލައިލަންވީ އެންމެ ގިނައިން، އަދި އެންމެ ފުރަތަމަ މާފުކުރަންވީ ކޮން ބައަކަށް ކަމެވެ. އެބައަކީ އަނބިދަރިންނާއި ޢާއިލާގެ މީހުންނެވެ. އެމީހުންނަކީ ތިބާ އާއި އެންމެ ގާތް މީހުންކަމުގައި ލެއްވެވީ ﷲ ތަޢާލާއެވެ. އެއީ ﷲ ތަޢާލާގެ ނިންމެވުމެވެ. ވީމާ އެ ނިންމެވުމަށް ފުރިހަމައަށް އިހްތިރާމްކުރަން ޖެހޭނެއެވެ. އިޙްތިރާމް ކުރުމަކީ އެމީހުންދެކެ ލޯބިވުމާއި އެމީހުންނަށް އެހީތެރިވާ މީހެއްގެ ގޮތުގައި ހުރުމެވެ. އެކަން ކުރެވޭނީ ކުރިމަތިވާ ކަންކަމަށް އެމީހުންނަށް މާފުކުރާ މީހަކުކަމުގައިވެގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް