އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު
ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށާއި އަދި ޞިއްޙީ ފައިދާތަކަށް ކަސްރަތުކުރަމުން ގޮސް މިހާރު އަންހެނުންވެސް ބުރަ ކަސްރަތުތައް އެބަކުރެއެވެ. ވީމާ ބުރަކަސްރަތު ކުރަން ފެށުމުގެ ކުރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް ބުނެލާނަމެވެ.
އެކަމަކީ ރަނގަޅު ޑޮކްޓަރަކަށް ދައްކައި ތިމާގެ ހަށިގަނޑުގެ ޙާލަތު ރަނގަޅަށް ދެނެގަތުމެވެ. ކަށްޓާއި ނާރުތަކުގެ ބާރުހުރިވަރު ދެނެގަތުމެވެ. އަދި ހުޅުތަކުގައި ލޮނދިހުރިވަރުވެސް ދެނެގަންނަން ޖެހޭނެއެވެ. މިކަންކަން ދެނެގަނެވޭނީ ޓެސްޓްތައްވެސް ހަދައިގެންނެވެ. ހަދަންޖެހޭ ޓެސްޓްތައް އެނގޭނީވެސް ޑޮކްޓަރުންނަށެވެ. ސަބަބަކީ ޓެސްޓްތައް ހަދާނީ އެމީހެއްގެ ޙާލަތާއި ގުޅޭގޮތުން ކަމަށްވާތީއެވެ.
ބައެއް އަންހެނުން މިފަދަ ކަންކަމަށް ނުބަލައި އިންސްޓްރަކްޓަރުން ބުނާ ބަސް ޤަބޫލުކޮށްގެން ބުރަ ކަސްރަތުތައް ކުރަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން އަނބުރާ އިޢާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައްވެސް ލިބިފައި އެބަހުއްޓެވެ.
މިމައްސަލަތައް ކުރިމަތިވާކަން އިންސްޓްރަކްޓަރުންނަށްވެސް އެނގޭނެއެވެ. އެހެންވެ ރަނގަޅު ފެންވަރުގެ އިންސްޓްރަކްޓަރުން ފަށާނީވެސް ޑޮކްޓަރުން ލައްވައި ޓެސްޓްތައް ހެދުވުމަށްފަހުގައެވެ. ކަސްރަތުތައް ކުރުވާނީ ޑޮކްޓަރުން ދޭ ލަފައާއި އެއްގޮތަށެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
މިލިޔުމުގައި ބުރަ ކަސްރަތު މާނަކޮށްފައި އެވަނީ ޖިމްތަކަށް ގޮސް ކުރާ ކަސްރަތުތަކަށެވެ. ހިނގުމާއި ދުވުމާއި އެނޫންވެސް ޢާންމު ކަސްރަތުތަކަކަށް ނޫނެވެ.
ރާއްޖޭގެ ބައެއް އަންހެނުންވެސް މިހާރު ބުރަކަސްރަތުކުރެއެވެ. އަދި ބައެއް އަންހެނުންނަށް މައްސަލަތައް ކުރިމަތިވެފައިވެސް އެބަހުއްޓެވެ. ވީމާ މި މަޢުލޫމާތުން ފައިދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ. އިން ޝާ ﷲ
Advertisement
30 ޑިސެމްބަރ 2024