އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަކުރުގެ ލެވެލް ބޯޑަރ ލައިނަށް އެރުމަކީ ލިބޭ އިންޒާރެއް! ފަރުވާކުޑަކުރުމާ ފުރަތަމަކޮޅު އަމިއްލައަށް ފަރުވާކުރެވިދާނެ ކަމަށް ބެލުމަކީ ކުރަންޖެހޭ ހިތާމަ ފަހުން މާބޮޑުވެދާނެ ކަމެއް!

ހަކުރުގެ ލެވެލް ބޯޑަރ ލައިނަށް އެރުމަކީ ލިބޭ އިންޒާރެއް! ފަރުވާކުޑަކުރުމާ ފުރަތަމަކޮޅު އަމިއްލައަށް ފަރުވާކުރެވިދާނެ ކަމަށް ބެލުމަކީ ކުރަންޖެހޭ ހިތާމަ ފަހުން މާބޮޑުވެދާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

މިހާރަކަށް އައިސް ހަކުރުބައްޔަކީ ވަރަށް ޢާންމު ބައްޔަކަށްވުމުން ބައެއް މީހުން އެއީ ސީރިޔަސް ކަމެއްގެ ނުބަލާކަން ފާހަގަކުރެވެއެވެ. އެހެންވެ ހަކުރު މަތިވާކަން އެނގުމުން އަމިއްލައަށް ފަރުވާކުރަން މަސައްކަތްކުރެއެވެ. އަދި ބޯޑަރ ލައިނަށް އަރާފައި ހުރުމަކީ މައްސަލައެއް ނޫންކަމަށްވެސް އެބަ ބަލައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. 

ބޯޑަރ ލައިނަށް އެރުމަކީ އިންޒާރެކެވެ. ފަރުވާ ކުޑަކޮށްލައިފިނަމަ ކުރިމަތިވާ މައްސަލަތައް ވަރަށް ގިނަވެއެވެ. އެއިގެ ބަދަލުގައި ރަނގަޅު ޑޮކްޓަރެއްގެ ޚިދުމަތް ހޯދައިގެން ފަރުވާކުރަން ފަށައިފިނަމަ ބަލިން ސަލާމަތްވެވުމުގެ ފުރުޞަތު އެތައް ތަނަކުން ބޮޑުވެގެންވެސް ދެއެވެ. 

ހަކުރުބައްޔަކީ ޢާންމު ބައްޔެއްގެ ގޮތުގައި ބެލިނަމަވެސް އެއީ ހަމަ ސީރިޔަސް ބައްޔެކެވެ. ބަލީގެ ސީރިޔަސްކަން ބޮޑުވަނީ އެކަމުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުންވެ ވޭންތަޙައްމަލްކުރަންޖެހޭ މިންވަރު ބޮޑުވެގެންދާތީއެވެ. އަދި ފުރާނައަށްވެސް ނުރައްކާވާތީއެވެ. 

ބައެއް މީހުން އެއީ މައްސަލައެއް ނޫންކަމަށް ބަލައި އަމިއްލައަށް އިންސުލިންޖެހުން ފަދަ ކަންކަން ވެސް އެބަކުރެއެވެ. އަމިއްލައަށް އިންސިޔުލިންޖެހުން މިމާނަކުރަނީ ޑޮކްތަރު ނުބުނަނީސް އަމިއްލައަށް އިންސުލިން ބޭނުންކުރުމަށެވެ. މިއީ ހަމަ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އިންސިޔުލިން ބޭނުންކުރަންވާނީ ޑޮކްޓަރުންގެ އިރުޝާދުލިބިގެން، އިރުޝާދާއި އެއްގޮތަށެވެ. 

ހަކުރުބައްޔަކީ ބަލީގެ ކުރީކޮޅު ރަނގަޅަށް ފަރުވާ ކުރެވިއްޖެނަމަ ނުރައްކަލުން ސަލާމަތްވެވޭ ބައްޔެކެވެ. އެހެނަސް ރޫޓީން ޓެސްޓްތަކުން ރަނގަޅު ނަތީޖާ ފެނުނަސް ބޭސްކުރުން އަމިއްލައަށް ހުއްޓާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ޑޯޒްމަދުކުރަންވާނީ އަދި ހުއްޓާލަންވާނީވެސް ޑޮކްޓަރުންގެ ލަފައާއިއެކުގައެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު