އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮންމެ އަހަރަކު ވެސް ބާއްވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން މިއަހަރު ވެސް ނަސީބުވެރިއަކަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއެކު މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ މާޗް މަހުގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށާފައިވަނީ ބޮޑެތި އިނާމުތަކާއި ގިނަ ހަރަކާތްތަކަކާ އެކުގައެވެ. މި ޕްރޮމޯޝަންގައި 50 ޕަސެންޓާ ހަމައަށް ހޯމް އެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ ހަފުތާއަކު ނަސީބުވެރި އެއް ފަރާތަކަށް ހަދިޔާއެއްގެ ގޮތުގައި ގިފްޓް ހެމްޕަރ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯގެ ފަރާތުން މި މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރަމަޟާން ބާޒާރު 2025ގެ އެންމެ ޚާއްޞަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިގެންދާނެ ކަމަށެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން މި ޕްރޮމޯޝަންގެ ދަށުން ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. އެސްޓީއޯ ރަމަޟާން ބަޒާރަކީ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގުބޫލު އެއް ސޭލްކަން ފާހަގަކޮށްލެވެއެވެ.
Advertisement
10 ޖެނުއަރީ 2025