އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމަށް ކުރި މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މާތްﷲގެ އިރާދަފުޅާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލުމަށް ކުރި މަސައްކަތް މިއަދުވަނީ ކާމިޔާބުކަމާއިއެކު ނިންމާލެވިފަ އެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި މާލޭގެ 10 ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނުމާއެކު މާލޭގެ 2 ސަރަހައްދަކުން އެއްގަޑިއިރަށްވުރެވެސް މަދު ވަގުތު ކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކަނޑައިގެން މި މަސައްކަތް ވަނީ ނިންމާލެވިފައެވެ. 

ސްޓެލްކޯއިން ބުނެފައިވަނީ އަދިވެސ ބައެއް މަސައްކަތްތައް ކުރަން އެބަހުރިކަމަށާއި އެކަންކަން ކުރަން ތައްޔާރުވުމުން އެކަމުގެ މަޢުލޫމާތު ހާމަކުރާނެ ކަމަށެވެ. އަދި މިއަދު ކުރި މަސައްކަތް މިހާ ކާމިޔާބުކަމާއިއެކު ނިންމައިލެވުނީ ސްޓެލްކޯގެ މުވައްޒިފުންނާއި ކޮންޓްރެކްޓަރުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"މިކުންފުނީގެ ހިދުމަތް އިތުރަށްފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން!"

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު