އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންނަށް ޢިލްމް އުނގަންނަވައި ދެއްވަން ރަސޫލް ޞޢޥ ވަޤުތު ޚާއްޞަކުރައްވައިގެން އުނގަންނަވައިދެއްވެވި!: ރާބިޠާ ކޮންފަރެންސްގަ ޑރ. ޝަހީމް

އަންހެނުންނަށް ޢިލްމް އުނގަންނަވައި ދެއްވަން ރަސޫލް ޞޢޥ ވަޤުތު ޚާއްޞަކުރައްވައިގެން އުނގަންނަވައިދެއްވެވި!: ރާބިޠާ ކޮންފަރެންސްގަ ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

"އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމެވެ. އިސްލާމްދީން އިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫން! އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން! ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެރި ނަމޫނާއެއް!" ޑރ. ޝަހީމް

މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ)ގެދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤުރީރު ކުރައްވައިފިއެވެ.

ޕާކިސްތާނުގައި އޮތް މި ކޮންފަރެންސްގައި ވަޒީރު ޑރ.ޝަހީމް ތަޤުރީރު ކުރރެއްވީ ޢިލްމްވެރިންގެ ސެޝަންގައެވެ. 

އިސްލާންދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ. 

އިސްލާމީ އާބާދުގައި ބާއްވަމުންގެންދާ މިކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމެވެ. އިސްލާމްދީން އިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެރި ނަމޫނާއެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމެވެ. 

ޑރ ޝަހީމް ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީއަރަބިއްޔާގެ ސަރުކާރުން ކުރައްވާ އިލްމުފެތުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ޑރ ޝަހީމް ފާހަގަކުރެެއްވިއެވެ.

ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު