އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު
ބައެއް މީހުން ކިރިޔާ ކަމެއް ދިމާވާއިރަށްވެސް ސުންނަތް ރޯދަ ނުހިފާ އެބަތިބެއެވެ. މަސައްކަތް ބުރަވުމަކީ ސަބަބަކަށް ހަދައިގެންވެސް ސުންނަތް ރޯދަ ނުހިފާ އެބަތިބެއެވެ. ވިސްނާށެވެ! ރޯދަހިފަންވީ ރަމަޟާންމަހު ލިބޭ ޢިނާޔަތްތަކަށް ނުވަތަ މަސައްކަތުގައި ލިބޭ ލުއިތަކަށް ބަލައިގެނެއް ނޫނެވެ. ނަރަކަ ތިމާއާއި ދުރުކުރައްވަވައި ދެއްވަވާނެ މިންވަރަށް ބަލައިގެންނެވެ.
ރޯދައަކީ މަތިވެރި އަޅުކަމަކަށްވެ ނަރަކައިގެ އަލިފާނުންނާއި އަދި ފާފަތަކަށް އަރައިގަތުމުން ރައްކައުތެރިކޮށްދޭ "އައްޑަނައެއް" ކަމަށް ބުނެވެނީ އެކަމަށް ސަބަބުތަކެއް ފެންނަން ހުރުމުންނެވެ.
މާތްﷲ އަށްޓަކައި އެންމެ ރޯދައެއް ހިފައިފި މީހާގެ މޫނު 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުކުރެވިދާނެކަމަށް ނަބިއްޔާ ޞައްލަޢްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. (ބުޚާރީ، މުސްލިމް).
Abu Sa’id al-Khudri reported: The Messenger of Allah, peace and blessings be upon him, said,
“Whoever fasts a day in the way of Allah, Allah will move his face away from the Hellfire by a distance of seventy years.”
Source: Ṣaḥīḥ al-Bukhārī 2840, Ṣaḥīḥ Muslim 1153
އެމީހެއްގެ މޫނު ނަރަކައާއި ދުރުކުރަން އެދޭމީހާ މީހާ ފަރުޟު ރޯދަތަކަށް ސަމާލުކަން ދިނުމުގެ އިތުރުން ގިނައިން ސުންނަތް ރޯދަ ހިފާށެވެ! ރަމަޟާން މަހަކީ މަސައްކަތްކުރާ ވަޤުތު މަދު މަހަކަށްވުމުން އަޅުކަމުގައި ހޭދަކުރަން ލިބޭ ވަޤުތު ގިނަވާނެއެވެ. ނަމަވެސް ސުންނަތް ރޯދަތައް މިހިފަނީ ހަމަ އާދައިގެ ދުވަސްތަކުގައެވެ. މާނައަކީ ދިރިއުޅެންކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ ދުވަސްތަކުގައެވެ.
ވީމާ ގިނަވާނީ އަޅުކަންކުރާނެ ވަޤުތު މަދުން ލިބޭނެ މީހުންނެވެ. އެހެންކަމާއިއެކުވެސް ރޯދައަށްހުރެ އަޅުކަންކުރުން އިތުރުކުރަން މަސައްކަތްކުރާށެވެ! ރަމަމާން މަހުގެ ފަރުޟު ރޯދަތއް ހިފާއިރުވެސް ރައްކައުތެރިވެގެން ހުންނަ ކަންކަމަށް ރައްކައުތެރިވާށެވެ.
ޙަޤީޤަތަށް ބަލައިފިނަމަ ރޯދައަށް ތިބެ ރައްކައުތެރިވާންޖެހެނީ ހަމަ ކޮންމެ ދުވަހަކުވެސް ރައްކައުތެރިވާންޖެހޭ ކަންކަމަށެވެ. އެއީ ފަރުޟާއި ސުންނަތް އަޅުކަންކުރުމާއި އަތާއި ދޫ ރައްކައުތެރިކުރުމެވެ. ރުޅި ނުއައުމާއި ނުބައިބަސްތައް ނުބުނުން ފަދަ ކަންކަމެވެ. މިކަންކަމަކީ ހަމަ ކޮންމެ ދުވަހަކުވެސް ރައްކައުތެރިވާންޖެހޭ ކަންކަމެވެ.
މިކަންކަމަށް ކޮންމެ ދުވަހަކުވެސް ރައްކައުތެރިވެގެން ހުންނަނަމަ ރޯދައަށް ހުންނާތީ އެކަންކަމަށް ރައްކައުތެރިވުމަށް އިތުރު މަސައްކަތްތަކެއް ކުރާކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
11 ޖެނުއަރީ 2025