އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު
ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދިއަ ޢުދުވާނީ ޙަމަލާތައް މެދުކަނޑާލަން އެއްބަސްވިކަމުގެ ޚަބަރާއިއެކު ދެން ހަމަޖެހިގެން ނޭވާލެވުނީކަމަށް ބަލައި އުފާ ފައުޅުކުރަން މަގުތަކަށް ނުކުތެވެ.
ދާދިކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ޣާޒާ ބަދަލުވެގެންދިއައީ ކުރިއެކޭ އެއްފަދަ ބިރުވެރިކަމުން ފުރިގެންވާ ތަނަކަށެވެ. ވަކި ތަނަކަށް ބެލުމެއް ނެތި ވައިގެ މަގުން ހަމަލާތައްދޭން ފެށީއެވެ. ސްކޫލެއް ރިފިޔުޖީކޭމްޕެއް ޞިއްޙީ ޚިދުމަތްދޭ ތަނަކަށްވެސް ބެލުމެއް ނެތިއެވެ.
އެބުނާ އެއްބަސްވުމެއްގައި ސޮއިކުރިތާ ދާދިކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ވަނީ 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ.
7 އޮކްޓޯބަރު 2023 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނަށް ދެމުން ގެންދާ ޙަމަލާތަކުގައި މިހައިތަނަށްވަނީ ފަލަސްޠީނުގެ 46707 މީހުން ޝަހީދުވެފައެވެ. 110265 މީހުން ވަނީ ޒަޚަމްވެފައެވެ. އިޒްރޭލުން މަރުވެފައިވަނީ 1139 މީހުންނެވެ.
ހަނގުރާމަ މެދުކަނޑާލަން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެކަމަށްވަނީ މިމަހުގެ 19 ވާ އާދީއްތަ ދުވަހެވެ.
Advertisement
16 ޖެނުއަރީ 2025