އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް އެމެރިކާގެ އައު ނައިބު ރައީސް ޖޭ.ޑީ ވެންސްއަށް މަރުޙަބާ ވިދާޅުވެއްޖެ

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް އެމެރިކާގެ އައު ނައިބު ރައީސް ޖޭ.ޑީ ވެންސްއަށް މަރުޙަބާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް، އެމެރިކާގެ އައު ނައިބު ރައީސް ޖޭ.ޑީ ވެންސްއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ލަތީފް މި މަރުޙަބާ ވިދާޅުވެފައިވަނީ އިޖުތިމާޢީ މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި ނައިބު ރައީސް ލަތީފް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 4 އަހަރަކީ ދުނިޔޭގެ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރާނެ ދައުރަކަށް ވާނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި އާ ރިޔާސަތާއެކު އެމެރިކާގެ ރައްޔިތުންގެ ކުރިމަގަށް ގިނަ މަސައްކަތްތަކެއް ކޮށް، ރައްޔިތުންގެ މެދުގައި ސުލްޙަ ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ދައުރަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޖޭ.ޑީ ވެންސްއަކީ އެމެރިކާގެ 50 ވަނަ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅާއެވެ. ނައިބު ރައީސް ލަތީފް ވަނީ އެމެރިކާގެ އާ ވެރިކަމުގެ ދައުރަށް މަރުޙަބާ ވިދާޅުވެ، މި ދައުރަކީ ކާމިޔާބު ދައުރަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު