އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅުމުގެ ހަރުގަނޑުން މައްޗަށް އެރެން އޮތީ އެކަނިވެރިވެގެން ކަމަށްވާތީ އެކަނިވެރިވާންޖެހުނު މީހުންވެސް މަދެއް ނުވާނެ! މިއޮތީ އުފާވެރިކަން ގަރަންޓީ މަގު!

ދިރިއުޅުމުގެ ހަރުގަނޑުން މައްޗަށް އެރެން އޮތީ އެކަނިވެރިވެގެން ކަމަށްވާތީ އެކަނިވެރިވާންޖެހުނު މީހުންވެސް މަދެއް ނުވާނެ! މިއޮތީ އުފާވެރިކަން ގަރަންޓީ މަގު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ދިރިއުޅުމުގައި ދިމާވާ ގޮތަކުން އެކަނިވެރިވާންޖެހުމަކީ އެންމެ ގިނަ ބައަކަށް މިއަދު ކުރިމަތިވަމުން އަންނަ އެއް މައްސަލައެވެ. ވީމާ އެކަނިވެރިވާންޖެހިއްޖެނަމަ ތިމާއަކީ އަބާއްޖަވެރިއެއް ކަމަށް ވިސްނަންވެސް ހެޔޮ ނުވާނެއެވެ. އެގޮތަށް ވިސްނަންވެއްޖެނަމަ ދުނިޔޭގައި ތިބި އަބާޖަވެރިން ގުނައި ޢަދަދުވެސް ނުކުރެވޭނެއެވެ 

އެކަނިވެރިވާންޖެހިއްޖެނަމަ އަނެއްބައަކު ޤަބޫލުކުރަނީ ތިމާއަކީ ކުށްވެރިނަކްމަށެވެ. އާނއެކެވެ! އެމީހާގެ ސަބަބުން އެކަނިވެރިވާންޖެހޭ ބައަކުވެސް ތިބޭނެއެވެ. ނަމަވެސް އެކަނިވެރިވާ ކޮންމެ މީހަކީ ކުށްވެރިއެއް ނޫނެވެ. މަޢްޞޫމް އެތައް ބައަކު ކޮންމެ ދުވަހަކުވެސް އެކަނިވެރިވެއެވެ. 

މިހުރިހާ ވާހަކަތަކެއް މިދެއްކީ އެކަނިވެރިވާންޖެހިއްޖެނަމަ އެކަމަށް ކަންބޮޑުނުވުމަށް ބުނުމަށެވެ. އެކަނިވެރިވާންޖެހުމަކީ މީހާގެ ނިމުން ނޫން ކަމަށް ބުނުމަށެވެ. ހަރުގަނޑަކަށް އަރާނަމަ އަހުރެމެން ފައިވާން ބާލަމުއެވެ. ހަމަ އެއުޞޫލުން ދިރިއުޅުމުގެ ހަރުގަނޑުން މައްޗަށް އެރެން އޮތީ އެކަނިވެރިވެގެން ކަމަށްވާތީ އެކަނިވެރިވާންޖެހުނު މީހުންވެސް މަދެއް ނުވާނެއެވެ! 

ލޮބުވެތި އެކުވެރިންނޭވެ! އެކަނިވެރިވެއްޖެހުނަސް އުފާވެރިކަން ދެއްވަވާނެ، ނުވަތަ މާއުފާވެރި ޙަޔާތެއް ދެއްވަވާނެކަން ﷲ ތަޢާލާ ޔަޤީންކަން ދެއްވަވާފައިވާ ޢަމަލުކުރާށެވެ! އެއީ ކެތްތެރިވުމެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައިކަމަށް ވަޙީކުރައްވަވާފައި އޮތީމައެވެ. ވީމާ ކެތްތެރިވެލާށެވެ! ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލާށެވެ! ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ! އިން ޝާ ﷲ 

- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް