އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު
މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަލުން ކަނޑައަޅައިފިއެވެ. މި އައު ނިންމުމާ އެކު، މިހާރު މުދަލު ޒަކާތް ވާޖިބުވާ އަދަދު ވަނީ 8،800.05 ރުފިޔާއަށް ދަށްކޮށްފައެވެ.
ކުރިން މުދަލު ޒަކާތް ވާޖިބުވާ އަދަދު ހުރީ 9،240.35 ރުފިޔާގައެވެ. އެހެންކަމުން، މި އައު ނިންމުމާ އެކު ޒަކާތް ވާޖިބުވާ އަދަދު ވަނީ 440.30 ރުފިޔާއިން ދަށްވެފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ފަޤީރުންނަށް އޭގެ ފައިދާ އިތުރުވާނެތީ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ނިޞާބުގެ މިންވަރު ބަދަލުވެއެވެ.
Advertisement
23 ޖެނުއަރީ 2025