އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާކުރަތުގެ އައު ޕޮލިސް ޕޯސްޓާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި

މާކުރަތުގެ އައު ޕޮލިސް ޕޯސްޓާއި ކައުންސިލް އިދާރާގެ ބިންގާ އަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިއްޔެ ރ. މާކުރަތުގައި ދެ މުހިންމު އިމާރާތެއްގެ ބިންގާ އަޅައިފިއެވެ. މިގޮތުން އައު ޕޮލިސް ޕޯސްޓާއި އައު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

އައު ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުއްވީ ދާޚިލީ ވަޒީރާއި ޕޮލިސް ކޮމިޝަނަރެވެ. މި ޕޯސްޓަކީ ސަރުކާރުން ކުރިއަށްގެންދާ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ބައެއްގެ ގޮތުގައި ޤާއިމުކުރެވޭ ޕޯސްޓެކެވެ.

މީގެއިތުރުން އައު ކައުންސިލް އިދާރާގެ ބިންގާ އެޅުއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރެވެ. މި އިމާރާތަކީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ބައެކެވެ. މިއީ ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް ތަރައްޤީކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ބިންގާ އެޅުނު 5 ވަނަ ރަށެވެ.

މި ދެ އިމާރާތް ނިމުމުން މާކުރަތު ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރަށުގެ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި ދެ އިމާރާތުގެ މަސައްކަތް ނިމޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު