އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމިގްރޭޝަނުން ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އިމިގްރޭޝަނުން ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

މާލޭގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މިހާރު ހޮނިހިރު ދުވަހުވެސް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި ބަދަލާއެކު، މިހާރު ހަފްތާއަކު 6 ދުވަހު، އާދީއްތައިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް މި ޚިދުމަތް ލިބެން ހުންނާނެއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. އަދި މީގެ އިތުރުން، މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި 24 ގަޑިއިރު ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރިއެވެ.

ހޮނިހިރު ދުވަހުގެ ޚިދުމަތް ދެވޭނީ މާލޭގެ 3 އޮފީހަކުންނެވެ. އަދި އެ ދުވަހު ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށެވެ.

މި އައު ބަދަލާއެކު، ގިނަ ރައްޔިތުންނަށް މަސައްކަތު ދުވަސްތަކުގައި ވަގުތު ނުނަގައި ޕާސްޕޯޓް ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި ޚިދުމަތް ފެށުމާއެކު ޕާސްޕޯޓް ހެދުމަށް ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު