އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭގަ ފެނިގެން މިދިއައީ މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ރާއްޖެ ބަނގުރޫޓުކޮށްލާފައި އޮތްކަމާ އެޙާލަތުން އަރައިގަންނަން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން-: ޙުސައިން ފަހުމީ

ރޭގަ ފެނިގެން މިދިއައީ މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ރާއްޖެ ބަނގުރޫޓުކޮށްލާފައި އޮތްކަމާ އެޙާލަތުން އަރައިގަންނަން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން-: ޙުސައިން ފަހުމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ރޭގައި ފެނިގެން މިދިއައީ މިސަރުކާރު ވެރިކަމާ ޙަވާލުވިއިރު ރާއްޖެ ބަނގުރޫޓުކޮށްލާފައި އޮތްކަމާ އެޙާލަތުން އަރައިގަންނަން ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަކަންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ޙުސައިން ފަހުމީ ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ކަންކަންކަމަށް ވިސްނާ ހޭލުންތެރި ޢިލްމީ ބައެއްކަމަށެވެ. އަދި މާލީ ގޮތުން ހުރިދަތިތަކާއިއެކުވެސް ޤައުމުގެ ކަންކަން ރަނގަޅުކޮށް ޤައުމު ވައްޓާލާލާފައިވާ މާލީ އަނދަވަޅުން އަރައިގަނެ ޤައުމުގެ އިޤްޠިޞޯދާއި އެހެންވެސް ކަންކަން ހެޔޮ މަގަށް އަޅުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ޒުވާނުން ބަލައިގަންނަ ކަމަށެވެ.

"އެހެން އެކަންވާނީ. އެންމެ އަހަރެއްގެ ތެރޭގައިވެސް ސަރުކާރުން ބޮޑެތި ކާމިޔާބީތައް ހޯދާފަ. ރައްޔިތުންނަށް އެކަން ދައްކައިދީފަ، އެކަމުގެ ފައިދާ ދަނީ ރައްޔިތުންނަށް ކުރަމުން. ޤައުމަށް ކުރާ ފައިދާ ރައްޔިތުންނަށް ފެނޭ. އަދި ޒުވާނުން ވައްޓުވާލާފައިވާ ނިކަމެތި ޙާލުން ނަގައި ކޮޅަށްޖަހައި ޒުވާނުންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތްތައްވެސް ޒުވާނުންނަށް ފެނޭ، އެކަންކަމުން ކުރާ ފައިދާވެސް ޒުވާނުންނަށް ވިސްނޭ!" ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ރޭ މާލޭގައި އެމްޑީޕީއިން ކުރިޔަށް ގެންދިޔަ ބޮޑު ހިނގާލުމާއި ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ ފެނިގެން ދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމަށް ފުރުސަތު ދޭ މިންވަރު ކަމަށެވެ.

"މިއީ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް ސަރުކާރެއްގައި، އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއިއެކު މުޒާހާރު ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ފުރަތަމަ ފަހަރު. މިފަދަ ފުރުސަތެއް ކުރީގެ އެއްވެސް ސަރުކާރަކުން ދީފައި ނުވާއިރު، މިއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އައު އުސޫލެއްގެ ފެށުން" ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ރޭގެ މުޒާހަރާއިން ދައްކުވައިދެނީ ޤާނުނޫ އަސާސީއިން ރައްޔިތުންނަށް ލިބިދޭ ހައްޤުތައް ރައްކާތެރިކުރުމާއި، ސިޔާސީ ގޮތުން އެންމެންގެ ބައިވެރިވުން ކަށަވަރު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަހައްމިއްޔަތު ކަން ދޭ މިންވަރު ކަމަށް ފަހުމީ އިތުރަށް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު