އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮޕަރޭޝަނަށްފަހު އަދީބު ކޮޓަރިއަށް ބަދަލު ކޮށްފި

އޮޕަރޭޝަނަށްފަހު އަދީބު ކޮޓަރިއަށް ބަދަލު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 6 ސިކުންތު

ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ނައްތާލުމަށް މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކުރުމަށްފަހު، ކޮޓަރިއަށް ބަދަލު ކޮށްފިއެވެ.

 

ދޫނިދޫ ޖަލުގައި ހުކުމެއް ތަންފީޒު ކުރައްވަމުން ދަނިކޮށް މާބޮޑަށް ބަލިހާލު ދެރަވުމުން، އައިޖީއެމްއެޗް ގައި އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

 

ކިޑްނީ ގައި އުފެދިފައިވާ ހިލަތައް ނައްތާލުމަށް އޮޕަރޭޝަނެއް ކުރަން ޖެހުނީ، ބޭސް ދީގެން އެހިލަ ނައްތާ ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އެހިލަތަކުގެ ސަބަބުން އެމަނިކުފާނުގެ ކިޑްނީ ދުޅަވެސް ވެފައިވާ ކަަމަށެވެ.

 

ކުރީގެ ނައިބު ރައީސް ގެ ދެ ކިޑްނީގައި ވެސް ވަނީ ހިލަ އުފެދިފައެވެ. މިއަދު ކުރި އޮޕަރޭޝަންގައި ނައްތާލެވިފައިވަނީ ވައަތު ފަރާތު ކިޑްނީގައި އުފެދިފައިވާ ހިލަތަކެވެ. ކަނާތް ފަރާތު ކިޑްނީގައި ދެ ހިލަކޮޅު އުފެދިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލައިދީ ނަޝްވާ ވިދާޅުވެފައިވެއެވެ.

 

އައިޖީއެމްއެޗް ގައި އެޑްމިޓް ކޮށްގެން އަދީބަށް ފަރުވާ ދޭން ފެށީ އޭނާގެ ހާލު ވަރަށް ދެރަވުމުންނެވެ. ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން، އަދީބުގެ ހަށިގަނޑުގައި ވަނީ ސިސްޓުތަކެއް ވެސް އުފެދިފައެވެ. އެމައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދި ވަޑައިގެންފައެވެ.

 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭގެ ތެރެއިން ތިން އަހަރު އެމަނިކުފާނު ވަނީ ތަންފީޒު ކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ