އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއަރުވަންޖެހޭ: މެޑަމް ސާޖިދާ

އަންހެނުންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއަރުވަންޖެހޭ: މެޑަމް ސާޖިދާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

އަންހެނުންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއަރުވުމަކީ އަންހެނުން ބާރުވެރިކުރުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިފަދައިން އެކަމަނާ ވިދާޅުވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ "ހިޔަލަ ސަރޖިކަލް ވަރކްޝޮޕް 2025" ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވި ގޮތުގައި ޒަމާނީ ވަސީލަތްތަކާއި އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން އަންހެނުންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. އަދި މި ވަރކްޝޮޕުން ވީހާވެސް ތަދު ކުޑަވާނެ ގޮތަށް، އަވަހަށް ބަލި ފަސޭހަވާނެ ސަރޖަރީތަކެއް އެނގިގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި އެމީހުންނަށްޖެހޭ ބަލިތަކަށް ފަރުވާކުރުމެއް ނޫން. އެކަމަކު އެމީހުންގެ އިޙުސާސްތައް ދެނަގެނެ، ދިމާވާ ދަތިތަކަށް އެމީހުންނަށް އެހީވެދޭންޖެހޭ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މި ވަރކްޝޮޕުގައި ރާއްޖޭގައި މުޅިން އަލަށް 22 ސަރޖަރީއެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

މި ވަރކްޝޮޕަކީ އަންހެނުންނަށް ޚާއްސަ ބަލިތަކަށް ފަރުވާދިނުމުގައި ޒަމާނީ އައު ޓެކްނޮލޮޖީ ތަޢާރަފުކޮށް، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު