އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ- މިނިސްޓަރ ޔުމްނާ

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ- މިނިސްޓަރ ޔުމްނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މާލޭގައި ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެމިސްކިތް ބިނާ ކުރުމަށް ބޭނުންކޮށްފައިވާ ވަކަރަށާއި ހިރިގަލަށް ފަރުވާދޭން ޖެހޭ ކަމަށް އައު ސަރުކާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ޔުމްނާ ވިދާލުވީ، ކަޅުވަކަރު މިސްކިތުގެ ބައިތައް ބަހައްޓާފައި ހުރީ ޤައުމީ ދާރުލްއާސާރު ގައި ކަމަށާއި އެމިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރޭވުން ހިމެނެއެވެ.

ކުރީގެ ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް އެތަނުން ނަގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގައެވެ. ސަލްޓަން ޕާކު "ރަސްރަނި ބަގީޗާ" އަށް ބަދަލުކޮށް، ކަޅުވަކަރު މިސްކިތް ހުރި ތަނުގައި ވަނީ "ވިންޓަ ޕާކެއް" އަޅާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ