އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

އޭސީސީގެ ނައިބު ރައީސްކަމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް ޢަބްދުﷲ ނާޝިދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މި މަގާމަށް އޭނާ ހޮވިފައިވަނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ މިދިޔަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، އައު އުސޫލުން ހޮވޭ ފުރަތަމަ ނައިބު ރައީސެވެ. އިސްލާހު ގެނެވުނު ގޮތުން، ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

ޢަބްދުﷲ ނާޝިދުގެ ނަން މި މަގާމަށް ހުށަހެޅުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ ނަން ދިރާސާކޮށް، އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް ނިންމާފައެވެ. އަދި މަޖިލީހުގެ ތަޅުމުން ނެގުނު ވޯޓުންވެސް ވަނީ އެކަން ފާސްކޮށްފައެވެ.

ޢަބްދުﷲ ނާޝިދު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެވިފައެވެ.

މީގެ ކުރިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ހޮވަމުން އައީ މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށްވާއިރު، މިހާރު އެ އުސޫލު ވަނީ ބަދަލުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު