އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ތިމާއަށް ފައިދާހުރި ގޮތް ޔަޤީންނުކުރެވޭ ކަންކަމުގައި ކިތަންމެ ގިނަ ދުވަހު އިސްތިޚާރާކުރަންޖެހުނަސް ހުއްޓައިނުލާށެވެ!: މުފްތީ މެންކް

ހަނދުމަކޮށްދިނުމެއް!: ތިމާއަށް ފައިދާހުރި ގޮތް ޔަޤީންނުކުރެވޭ ކަންކަމުގައި ކިތަންމެ ގިނަ ދުވަހު އިސްތިޚާރާކުރަންޖެހުނަސް ހުއްޓައިނުލާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އިންސާނުންނަށް ދެއްވަވާފައިވާ އެންމެ މަތިވެރި ނިޢުމަތަކީ ބުއްދީގެ ނިޢުމަތެވެ. ވިސްނައި ފިކުރުކުރުމުގެ ބާރާއި ކުޅަދާނަކަމެވެ. އެހެނަސް އެނިޢުމަތްވެސް ދެއްވަވާފައިވަނީ ވަކިމިންވަރަކަށެވެ. އަދި އެނިޢުމަތުގެ ތެރެއިންވެސް ކިތަންމެ ވަރަކަށް ވިސްނިއަސް އެއްވެސް ވަރަކަށް ޙާޞިލުނުކުރެވޭނެ ކަމެއް ވެއެވެ. އެއީ ތިމާއާއިމެދު ވާންހުރި ގޮތެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ވީމާ ދަންނާށެވެ! އަމިއްލަ ދިރިއުޅުމުގެ ކަންކަމުގައިވެސް އަދި ތިމާ ކުރަންބޭނުންވާ ކަންކަމުގައިވެސް ދިރިއުޅުމަށް ބަދަލެއް ގެންނަން ބޭނުންވި ނަމަވެސް ގޮތް ނިންމަން އެހެން މީހުންގެ ހުއްދަ ހޯދުމަކީ ބޭނުންކަމެއް ނޫނެވެ. ބޭނުންވާނީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. ވީމާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާށެވެ!

ނަމަވެސް ގިނަ ބައަކު މިހާރުވެސް ދުވަނީ އެހެން މީހުންގެ ލަފާ ހޯދުމަށެވެ. މަސައްކަތްކުރަނީ އެހެން މީހުން ބުނެފާނެ ބަސްތަކުން ސަލާމަތްވެވޭނެ މަގުތައް ހޯދުމަށެވެ! އެމީހުންގެ ރުހުން ލިބޭ ގޮތަކަށް ކަންކަން ކުރުމުން ލިބޭ ގެއްލުމުގެ ޒިންމާ އެއްވެސް މިންވަރަކަށް އެމީހުން އުފުލާނެ ހެއްޔެވެ؟

ތަޖުރިބާ ހުންނަ ހެޔޮލަފާ މީހުންގެ ލަފާ ހޯދުމަކީ ކުރަން އެންމެ ރަނގަޅު ކަމެކެވެ. މުހިންމީ އެމީހުން ލަފާ ދިންނަމަވެސް އަމިއްލައަށް ގޮތް ނިންމަން ދަތިވެއްޖެ ނަމަ އިސްތިޚާރާކުރުމެވެ.

2 ރަކްއަތް ނަމާދެއްކޮށްލުމަށްފަހު ދުޢާކޮށް ދަންނަވާށެވެ! "މިއަޅާއަށް ހަމަ އެއްވެސް ކަމެއް ނުއެނގެއެވެ. އިނބަ ﷲ އަންގަވައިދެއްވެވި ކަމެއް މެނުވީއެވެ. ވީމާ މިއަޅާއަށް އެންމެ ފައިދާބޮޑު ގޮތް މިއަޅާއަށް ފަހުމްކުރައްވަވައި ދެއްވަވާނދޭވެ!"

މީގެ އިތުރުން އެކަމަކީ މިއަޅާއަށް ފައިދާ ނެތް ކަމެއް ނަމަ އެކަމެއް ހިންމަވައި ނުދެއްވެވުމަށާއި ފައިދާހުރި ކަމެއްނަމަ ހިންމަވައި ދެއްވެވުމަށްވެސް އެދެންވާނެއެވެ.

ކިތަންމެ ގިނައިން އިސްތިޚާރާ ކުރަންޖެހުނު ނަމަވެސް ކަންނެތްވެ އެކަންކުރުން ހުއްޓައިނުލާށެވެ! މަގުފެންނަންދެން ކުރަމުން ގެންދާށެވެ! ޢަމަލުކުރަންވީ އެންމެ ރަނގަޅު ގޮތް ވިސްނެންދެން ކެތްތެރިވާށެވެ! ކެތްތެރިވާން ޖެހުމަކީވެސް ރަޙްމަތެކެވެ! ދޫކޮށްނުލައި ކެތްތެރިވުން އިސްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް