އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޔައިފިނަމަ އަންތަރީސްނުވާނެ މީހަކު ނުހުންނާނެ!: އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވޭތޯ ވަރަށް މަދު ފިރިއަކު ނޫނީ ނުވާނެވަރުގެ ބޮޑު ޤުރްބާނީއެއްވި ފިރިއަކަށް ލިބުނު ހެޔޮ ބަދަލުގެ ވާހަކަ-

ކިޔައިފިނަމަ އަންތަރީސްނުވާނެ މީހަކު ނުހުންނާނެ!: އަނބިމީހާގެ ފުރާނަ ސަލާމަތްކުރެވޭތޯ ވަރަށް މަދު ފިރިއަކު ނޫނީ ނުވާނެވަރުގެ ބޮޑު ޤުރްބާނީއެއްވި ފިރިއަކަށް ލިބުނު ހެޔޮ ބަދަލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 12 ސިކުންތު

އެހެން މީހުން ފަދައިން އަޅުގަނޑުވެސް އަންހެނަކު ދެކެ ލޯބިވީމެވެ. އެއީ ވަރަށް ރަނގަޅު ހެޔޮލަފާ ކުއްޖެކެވެ. އެހެންވެ އަޅުގަނޑު ޤަޞްދުކުރީ ކައިވެނީގެ ކުރިން ބައްދަލުކޮށް ގިނަ މީހުން މިއުޅޭ ގޮތަށް ނުއުޅުމަށެވެ. މިބުނަނީ ގޮވައިގެން ގޭރަށް ގޮސް މަޖާކުރަން ނުއުޅުމުގެ ވާހަކައެވެ. ބައްދަލުކުރަމުން އައީ ހަފްތާއަކު އެއްފަހަރުން އެކުއްޖާގެ ގޭގެ ސިޓިންގރޫމްގައި އެންމެންނަށް ފެންނަ ގޮތަށެވެ.  

އެކުވެރިން އެކަން ދުށި ތަފާތު ގޮތަކަށެވެ. އެމީހުން ބުނަމުން އައީ ލޯބިވެރިޔާ ގޮވައިގެން ބޭރަށް ގޮސް ނުއުޅެނީ އަޅުގަނޑުގެ އެހެން ލޯބިވެރިންނަށް ފެނި މައްސަލަޖެހިދާނެތީ ކަމަށެވެ. ނަމަވެސް އެވާހަކަތަކަކަށް އަޅުގަނޑު ސަމާލުކަމެއް ނުދެމެވެ. އަޅުގަނޑު ބުނަމުން އައީ ވަޤުތު ޖެހުމުން އަހުރެންގެ ޙަޤީޤީ ސިފަ ދައްކައިލާނެ ކަމަށެވެ. ހުރިހާ އެކުވެރިން ސިއްސުވައިލާނެ ކަމަށެވެ.  

ކޮންމެއަކަސް ކައިވެނިކުރެވިއްޖެއެވެ. އަނބިމީހާވީ ހުރިހާ ގޮތަކުންވެސް ވަރަށް ހެޔޮލަފާ އަންތބަކަށެވެ. ކައިވެނީގެ ފުރަތަމަރޭވެސް ސުންނަތްތައް ފުރިހަމަ ކުރުވިއެވެ. 3.30 ގައި ރޭއަޅުކަމަށް ހޭލެއްވުވިއެވެ. ދެމީހުން އެކުގައި ރޭއަޅުކަން ކުރީމެވެ.  

ކައިވެންޏަށް އަހަރުވީތަނާހެން ކުރިމަތިވީ ވަރަށް ބޮޑު މައްސަލައެކެވެ. ޑޮކްޓަރުންގެ ޓެސްޓްތަކުން ފެނުނީ އަނބިމީހާއަށް އުރަމަތީ ކެންސަރު ޖެހިފައިވާ ކަމަށެވެ. ޓެސްޓްތަކަށް ޔަޤީންކަން ދިނުމުން އަވަހަށް ބޭރަށްދާން މަސައްކަތްފެށީމެވެ. އާސަންދަ ހަމެހުމުން ޗުއްޓީއަކަށް އެދުމުން އޮފީހުން ބުނީ އެދުވަސްކޮޅަކީ އަޅުގަނޑު ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ނިންމަންޖެހިފައިވާ ދުވަސްކޮޅަކަށްވުމުން ޗުއްޓީ ލިބޭނީ ފަހުން ކަމަށެވެ. ރޮއި އާދޭސްކުރުމުންވެސް އެނޫން ޖަވާބެއް ނުލިބުނެވެ.  

ހުރިހާ ކަމެއް މާތް ﷲ އަށް ވަކީލްކޮށްފައި ތިންލައްކަ ރުފިޔާގެ ލޯނެއް ނެގީމެވެ. އެއިރު އަޅުގަނޑަށް ލިބޭ މުސާރައަށް ބަލައިފިނަމަ އެވަރުގެ ލޯނެއް ދޭން ބޭންކުން ޖެހިލުން ނުވާތީ ލޯނުދިނީއެވެ. ލޯނުނެގީ އިސްލާމިކް ބޭންކުންނެވެ.  

ލޯނު ލިބުމާއިއެކު ވަޒީފާއިން ވަކިވާން ސިޓީލީމެވެ. ވަޒީފާ ގެއްލުމުން ލޯނު ދައްކަން ދަތިތައް ކުރިމަތިވާނެކަން އެނގިހުރެއެވެ. އެކަން ވަކީލުކުރީ މާތް ﷲ އަށެވެ. ބޭނުންވީ އަނބިމީހާގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތްކުރުމަށެވެ.  

ކޮންމެއަކަސް އޮފީހުން ދޭ ޖަވާބަކަށް އިންތިޒާރުވެސް ނުކޮށް 3 ވަނަ ދުވަހު ފުރީއެވެ. 3 ހޮސްޕިޓަލުން ޓެސްޓްތައް ހެއްދުވުމުންވެސް ދިނީ އެއް ޖަވާބެކެވެ. "ކުރިން ހެދި ޓެސްޓްތަކުން އެފެންނަ ކަންކަން ފެނުނު ނަމަވެސް މިހާރު އެފަދަ ކަމެއް ނެތް ކަމަށެވެ. އެވަރުންވެސް ހިތްހަމަނުޖެހޭތީ މަސްދުވަހު މަޑުކޮށްގެން ތިބެފައި ޓެސްޓްތައް ހެއްދުވުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެހިސާބުން އެނބުރި އައީއެވެ.  

އެނބުރި އާދެވުމާއި ހަމައަށް ބޭނުންކުރެވިފައިވަނީ 50،000 ރުފިޔާވަރެވެ. ދެން ވަޒިފާއެއް ލިބެންދެން ބޭނުންކުރަން އަތުގައި 50،000 ރުފިޔާ ބަހައްޓާފައި ބާކީހުރި ދެލައްކަ ރުފިޔާ ލޯނަށް ދައްކަން ދިއުމުން ދިނީވެސް ޤަބޫލުކުރަން ދަތިވި ޖަވާބެކެވެ. "ކާކުކަން ސިއްރުކުރަން ބޭނުންވާ މީހަކު ލޯނު އެކުގައި އަދާކޮށްދީފައިވާ ކަމަށެވެ." އެވާހަކަ ޤަބޫލުކުރަން އުނދަގޫވުމުން އެކަން ލިޔުމުން ހޯދައި ދަރަންޏެއްނެތްކަން ޔަޤީންކުރީމެވެ.  

އެކަމުގައި އުޅެފައި ގޮސް ގެއަށްވަދެ އަނބިމީހާއަށް ލިޔުން ދެއްކުމުން އޭނާ ފުރަތަމަވެސް ކުރީ ޝުކުރުގެ ސަޖިދައެވެ. ލަދުވެސް ގަތެވެ. އެއީ ފުރަތަމަ އަހުރެންކުރަންޖެހޭ ކަންތައް ނުކުރެވި އޮތީމައެވެ. އެކަން ވިސްނުމާއިއެކު އަހުރެންވެސް ސަޖިދަކުރީމެވެ.  

އިރުކޮޅެއްވީތަނާ އެކުވެރިއަކު ގުޅާފައި ކޮފީއަކަށް އޭނާގެ އޮފީހަށް ދާން ބުނުމުން ދިއައިމެވެ. ބުނީ ގެނައީ އޭނާގެ ކުންފުނިން ވަޒީފާދޭން ޤަޞްދުކޮށްގެން ކަމަށެވެ. ކުރިން ލިބެމުން އައި މުސާރައަށްވުރެ ރަނގަޅު މުސާރައެއްވެސް ދޭނެ ކަމަށާއި ހުންނާނެ ފްލެޓެއްވެސް ހަމަޖައްސައިދޭނެ ކަމަށެވެ.  

ޖަވާބެއް ނުދީ "ލޯނު ދައްކައިދިނީ އެކުވެރިޔާތޯ؟" ސުވާލުކުރުމުން އެކުވެރިޔާ ޖަވާބެއް ނުދިނުމުން ބުނަން ބޭނުންނުވީކަން ވިސްނި އިތުރު ސުވާލެއްވެސް ނުކޮށް ވަޒީފާ ޤަބޫލުކުރީއެވެ.  

މިއީ މާގިނަ ދުވަސްވީ ކަމެއްގެ ވާހަކައެއް ނޫނެވެ. ދާދި ފަހުން ހިނގާފައިވާ ކަމެއްގެ ވާހަކައެވެ. ވަޒީފާ އަދާކުރަމުން މިގެންދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. އަނބިމީހާގެ ރަނގަޅުކަމުގެ ވާހަކަ ބަޔާންކުރަން އިތުރަށް ބުނާނެ ޢިބާރާތެއް ނުވިސްނެއެވެ.  

މިއީ މިއަދުނޫހެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ދެމަފިރިން ﷲ ތަޢާލާއަށް އިޚްލާޞްތެރިނަމަ ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ހިތަށްވެސް ނުގެނެވޭނެ ކަމެވެ.  

ދެން ބުނެލަން ބޭނުންވަނީ ލޯބިވެރިޔާ ގޮވައިގެން ރަށުތެރެއަށް ގިނަވާން ބޭރަށް ނުދިއަ ނަމަވެސް ބޭރަށް ދާންޖެހުނު ޙާލަތުގައި ކިޔުންތެރިޔާ ދައްކާފައި އެވަނީ ފިރިއަކަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާކަމެވެ. އަދާކުރަމުން އައި ރަނގަޅު ވަޒީފާއާއި ލިބެމުން އައި ބޮޑު މުސާރަ ޤުރްބާންކޮށްލާފައި ނަމަވެސް އަނބިމީހާއަށްޓަކައި ވާންޖެހޭ ޤުރްބާނީ ވުމުން ލިބޭނެ ފައިދާ މާބޮޑުވާނެ ކަމެވެ. ނަމަވެސް ދެމަފިރިންވެސް ﷲ ތަޢާލާއަށް އީކްލާޞްތެރި ނަމަކަން ވިސްނަންވާނެއެވެ.

 

- ޢިބްރަތްތެރި ވާހަކަ-   

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް