އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވެވުނު 2 އަންހެނުންވެސް ބަލައިނުގަތުމުން އޭނާގެ ފަހަތުން އަންހެން ކުދިން ދުވާނެ މީހަކަށް ބަދަލުވި ކާމިޔާބު ޒުވާނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ލޯބިވެވުނު 2 އަންހެނުންވެސް ބަލައިނުގަތުމުން އޭނާގެ ފަހަތުން އަންހެން ކުދިން ދުވާނެ މީހަކަށް ބަދަލުވި ކާމިޔާބު ޒުވާނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

އަހުރެންނަށް ފުރަތަމަ ލޯބިވެވުނު 2 އަންހެނުންވެސް އަހުރެންނަކަށް ސަމާލުކަމެއް ނުދިނެވެ. އަހުރެންގެ ހިތުގެ އިޙްޞާޞްތައް ބަޔާންކުރުމުން އަޑުއަހަންވެސް ބޭނުމެއް ނުވިއެވެ. މެސެޖް ކުރީމާ މެސެޖަކަށްވެސް ޖަވާބެއް ނުދެއެވެ.  

ވަރަށް ދެރަވިއެވެ. މާޔޫސްވިއެވެ. ދެން ދުވަހަކުވެސް އެއްވެސް އަނަހެނަކު ދެކެ ލޯބިނުވާންވެސް ވިސްނުނެވެ. އެހެންވެ އަދާކުރަމުން ދިއަ ވަޒީފާއަށްވެސް ފަރުވާކުޑަކުރެވުނެވެ. އަހުރެންގެ ވެރިއަކީ އަންހެނެކެވެ. އޭނާއަށް އެކަން ފާހަގަކުރެވިގެން އަހުރެންގެ ދިރިއުޅުމަށް ކުރިމަތިި ކަމަކާއި ބެހޭ ގޮތުން ސުވާލުކުރުމުން ދޮގެއް ނުހަދަމެވެ. ދިރިއުޅުންމަތިން ފޫހިވި ސަބަބު ކިޔައިދިނީމެވެ.  

އޭނާ އަހުރެންނަށް ވަރަސް ހެޔޮ ނަޞޭޙަތް ދިނެވެ. މިފަދައިންނެވެ.  

އިންސާނުންނަށް އެމީހުންގެ ހިތުގެ މައްޗަށް ބާރުހިންގަން އެންމެ އުނދަގޫވާ އެއްކަމަކީ މީހަކު ދެކެ ލޯބިވެވުމެވެ. އެޙާލަތުގައި ހިތުގެ މައްޗަށް ބާރު ހިންގެނީ ވަރަށް މަދު މީހަކަށެވެ. އެހެންވެ އަނެކާއާއި ގާތް ގުޅުމެއް އުފައްދައި އޭނާގެ ލޯބި ހޯދަން ގަދައަޅައި މަސައްކަތްކުރެވެއެވެ.  

މިފަދަ ޙާލަތުގައި އަނެކާ ތިބާއަށް ޢިޖާބަނުދީފާނެއެވެ. ވާހަކަދައްކަން ބޭނުންނުވެދާނެއެވެ. ކުރާ މެސެޖްތަކަށް ޖަވާބުވެސް ނުދީފާނެއެވެ. އަދި ފެނުމުން ނުފެންނަކަމަށްވެސް ހަދައިފާނެއެވެ. 

އެގޮތަށް ކަންތައްކުރާނަމަ ފަހަތުން ދުވުން ހުއްޓައިލާށެވެ. އެއްވެސް މީހެއްގެ ލޯތްބާއި ސަމާލުކަން ހޯދުމަކީ އޭނާގެ ފަހަތުން ދުވެގެން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ތިއަ ވިސްނުން ދޫކޮށްލާށެވެ! ކުރާ މަސައްކަތުގައި ކުރިއަށްދާން މަސައްކަތްކުރާށެވެ! ތިބާއަކީ ރަނގަޅު ހަރުދަނާ މީހަކުކަން އެހެން މީހުންނަށް ޤަބޫލުކުރެވޭ ހިސާބަށް ކުރިއަށް ދެވުނީމާ އެންމެންގެ ސަމާލުކަންވެސް ލިބޭނެއެވެ. މާރީތި އަންހެންކުދިން ފަހަތުން އަންނާނެއެވެ.

މެޑަމްގެ ނަޞޭޙަތް ޤަބޫލުކުރީމެވެ. އިތުރަށް ކިޔެވީމެވެ. ވަޒީފާގެ ކުރިއެރުން ހޯދަން ގަދައަޅައި މަސައްކަތްކުރީމެވެ. 3 އަހަރުތެރޭގައި ކުންފުނީގެ އިސް މަޤާމަކަށްދެވި ޑިރެކްޓަރަކަށް ވެވުނެވެ.  

އެއިރު އަންހެންކުދިންގެ ހުށަހެޅުންތައް މެދުކެނޑުމެއް ނެތި ލިބެއެވެ. ފޯނުނުނަގާތީ މެސެޖްތައްވެސް ކުރެއެވެ. ފޮޓޯތަކާ ވީޑިއޯވެސް ފޮނުވައެވެ. އެކަމަކުވެސް މަޑުކޮށްލައިގެން ހުރީއެވެ. އެހެން ހުއްޓައި މެޑަމްގެ ދޮށީ ދަރިފުޅުގެ ފަރާތުން ޝައުޤުވެރިކަން ފައުޅުކުރުމުން ޤަބޫލުކުރީމެވެ.  

އެކަން މެޑަމަށް އެނގުމުން ދެމީހުން ގެންގޮސްފައި ބުންޏެވެ. "އެކަކީ އަމިއްލަ ދަރިފުޅެވެ. ދެންތިއަހުރީ އަހުރެން މީހަކަށް ހެދި ދަރިއެކެވެ. ނެޞޭޙަތް ޤަބޫލުކޮށް އަމިއްލަ މަސައްކަތުން މީހަކަށްވި ދަރިއެކެވެ. ދެދަރިން އަވަހަށް ގުޅި ރަނގަޅު ގޮތުގައި އުޅެންފަށާށެވެ. އެއިރުން މަންމައަށް ޕެންޝަންވެސް ލިބޭނެއެވެ. މިބުނީ މަސައްކަތް ދެދަރިންނާއި ޙަވާލުކުރާނެ ވާހަކައެވެ." 

ކައިވެނިކޮށް މިއަދު އުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވާހަކަ ޙިއްޞާމިކުރީ ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ.

 

- ޢަލީ / މިއަދުނޫހުގެ ކިތުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް