އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ސިފަ ރީތިނޫނަސް، ފަޤީރަސް ﷲ އަށްޓަކާ ލޯބިވެ ކައިވެނިކުރި ޒުވާނަކަށް ލިބުނު ބޮޑު ކުރިއެރުމާ ތަނަވަސް ދިރިއުޅުމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ސިފަ ރީތިނޫނަސް، ފަޤީރަސް ﷲ އަށްޓަކާ ލޯބިވެ ކައިވެނިކުރި ޒުވާނަކަށް ލިބުނު ބޮޑު ކުރިއެރުމާ ތަނަވަސް ދިރިއުޅުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

އަހުރެމެންނަކީ އެކުވެރިންނެވެ. އެކުވެރިކަން ފެށުނީ ގްރޭޑް 8 ގައެވެ. 9 އަދި 10 ގައިވެސް އުޅުނީ އެއްކުލާހުގައެވެ. އެކުވެރިންގެ ގޮތުގައެވެ. 

ކޮންމެއަކަސް 10 ނިންމިތަނުން ބައްޕަ އަހުރެން މެލޭސިޔާއަށް ކިޔަވަން ފޮނުވާލައިފިއެވެ. އެހިސާބުން އެކުގައި އުޅުނު އެކުވެރިންކޮޅާއި ވަކިވާންޖެހުނެވެ. އެކަމަކުވެސް ފޯނުން ހުރިހާ އެކުވެރިންނާއިވެސް ގުޅުން ބޭއްވީމެވެ.  

އެނބުރި ޜާއްޖެ އައުދެވުނީ 5 އަހަރުފަހުންނެވެ. އެއިރު ބައްޕަގެ ވިޔަފާރި ބަނގުރޫޓުވެ ގެދޮރު ވިއްކާލަންޖެހޭ ޙާލަތަށް ކަންކަން ވަނީ ގޮސްފައެވެ. އެވަރުވީއިރުވެސް އެއިން އެއްވެސް ވާހަކައެއް ބައްޕަ ނުބުނުއްވައެވެ. ކޮންމެއަކަސް މާލެ އައުމަށްފަހު އަވަސްވެގަތީ ވަޒީފާއެއް ހޯދުމަށެވެ.  

އެކަމަށް މަސައްކަތްކުރަމުން ދަނިކޮށް އެކުވެރި ޝަރީފާއާއި ބައްދަލުވިއެވެ. އޭނާ ބުނީ ހުރިހާ އެކުވެރިންވެސް ކައިވެނިކޮށްފިކަމަށާއި އޭނާއަށް ކައިވެނިނުކުރެވި ލަސްވަނީ މައިންބަފައިންގެ ފަޤީރުކަމުން ކަމަށެވެ. ފަޤީރުންނާއި ކައިވެނިކުރަން ބޭނުންވާ ޒުވާނުން މަދީކަމަށެވެ.  

ޝަރީފާއަކީ ބޭރުފުށުގެ ސިފައަސް ބަލާއިރު އެހައި ރީތިވެސް ކުއްޖެއެއް ނޫނެވެ. ނަމަވެސް އަހުރެން ބުނީމެވެ. "އަހުރެންނަކީވެސް ފަޤީރަކީމެވެ. ބައްޕަ މިހާރު ހުންނެވީ ވަރަށް ދަތިޙާލުގައެވެ. ގެދޮރުވެސް ވިއްކާލަން ޖެހޭ ޙާލުގައެވެ. ޝަރީފާ އެކަމަށް ރުހޭނަމަ އަހުރެން ޝަރީފާއާއި ކައިވެނިކޮށްފާނަމެވެ." 

އަހުރެން އެހެން ބުނީ ހަމަ ހަމްދަރުދީވެވިގެންނެވެ. އަހުރެން އެގޮތަށް ނިންމީ ހަމައެކަނި ﷲ އަށްޓަކައެވެ. އެހެން އެއްވެސް ކަމެއް ހިތުގައި އޮވެގެނެއް ނޫނެވެ.  

ޝަރީފާ ފުރަތަމަ ހީކުރީ އަހުރެން ސަމާސާކުރަނީ ކަމަށެވެ. އެއީ އަބަދުވެސް އަހުރެން ސަމާސާކުރާތީއެވެ. ނަމަވެސް މިއީ ސަމާސާއެއް ނޫންކަމަށާއި ސީރިޔަސް ވާހަކައެއްކަމަށް ބުނުމުން ަރީފާ ރުހި ކައިވެނިކުރީމެވެ. މާބޮޑު ހަފްލާއެއްވެސް ނުބޭއްވުނެވެ.   

އެކަމަކު ބުނަން ހެއްޔެވެ؟ ކައިވެނިކުރިތަނުން ރަނގަޅު ވަޒީފާއެއް ލިބި މުސާރަ ލިބެން ފަށައިފިއެވެ. އެވަޒިފާގައި ހުރެ ކުރި މަސައްކަތްތަކުގެ ތެރެއިން ބައްޕަގެ ވިޔަފާރި ނަގައި ކޮޅަށް ޖެހޭނެ މަގު ފެނުނެވެ. އެކަންކަން ފުރިހަމަކުރެވުމުން ވަޒީފާ ދޫކޮށްލައި ބައްޕަގެ ވިޔަފާރިއާއިގެން ކުރިއަށްދާން ފެށީމެވެ. ބައްޕަގެ ހުރި ހަމައެކަނި ފިރިހެންދަރިއަކީ އަޅުގަނޑުކަމަށްވުމުން ހުރިހާ ކަމެއް މިހާރު މިއޮތީ އަޅުގަނޑުގެ އަތްމަތީގައެވެ.  

ކައިވެންޏަށް 8 އަހަރުވީއެވެ. 3 ދަރިންނާއިވެސް އެކު ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ. ޝަރީފާގެ ކިބައިގައި ހުރި ރަނގަޅުކަން ތަޖުރިބާކުރެވުމުން މިހާރު އަޅުގަނޑަށް އެންމެ ރީތި އަންހެނަކީވެސް ހަމަ ޝަރީފާއެވެ.  

އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށް ލިބުނު ހުރިހާ ކުރިއެރުމެއްގެ ސަބަބަކީ ޝަރީފާ ދެކެ ﷲ ތަޢަށްޓަކާ ލޯބިވެ ކައިވެނިކުރެވުނު ކަމެވެ.

 

- އަޒްލިފް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް