އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިމަގުން ދުވަހުގެ ކަންކަމަށް ފަށާ މީހަކަށް އޮތީ ކާމިޔާބު! އެމީހަކަށް މަލާއިކަތުންގެ ދުޢާވެސް ދާނީ ލިބެމުން! އިން ޝާ ﷲ

މިމަގުން ދުވަހުގެ ކަންކަމަށް ފަށާ މީހަކަށް އޮތީ ކާމިޔާބު! އެމީހަކަށް މަލާއިކަތުންގެ ދުޢާވެސް ދާނީ ލިބެމުން! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

ދުވަސް ފަށަން އޮތީ ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދާއި ޛިކުރުކުރުމުންނެވެ. މިދައްކަނީ އެކަންކަން ކުރުމަށްފަހު ދުވަހުގެ މަސައްކަތަށް ފަށަން އެންމެ ފައިދާހުރި ގޮތުގެ ވާހަކައެވެ. 

ކޮންމެ ދުވަހަކުވެސް ވީހައި ހެނދުނަކާ ކޮންމެވެސް މީހަކަށް ކިތަންމެ ކުޑަ ނަމަވެސް ޞަދަޤާތެއްކުރަން މަސައްކަތްކުރާށެވެ! ފައިސާއިން ނުވަތަ ކާނެ އެއްޗަކުން ނަމަވެސްމެއެވެ. 

އެހެނީ ޙަދީޘްފުޅުގައި ވަނީ ކޮންމެ ދުވަހަކުވެސް ﷲ ތަޢާލާ 2 މަލާއިކަތުން ފޮނުއްވަވާނެ ކަމަށެވެ. އަދި އެއް މަލާއިކަތަކު ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ މީހުންނަށް ނިޢްމަތްތައް އިތުރުކޮށް ދެއްވެވުން އެދި ދުޢާކުރައްވަވާނެ ކަމަށެވެ. 

އެއިގެ ތެރޭގައި އެމީހެއްގެ ހުރިހާ ކަންކަން ހިމެނިގެންވެއެވެ. ދިރިއުޅެން ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމާއި އުފާ ފާޤަތި ދިރިއުޅުމެއް ދެއްވެވުމާއި ދަރިންނަށް ކާމިޔާބު ދެއްވެވުމާއި މީސްތަކުންނާއި އޮންނަ ގުޅުން ބަދަހިވުމާއި މިފަދަ ހުރިހާ ކަންކަން ހިމެނިގެންވެއެވެ. 

ދެވަނަ މަލާއިކަތާ، ﷲ ތަޢާލާގެ މަގުގައި ހޭދަނުކުރާ މީހުންނަށް ގެއްލުން ދެއްވެވުމަށް އެދިވަޑައިގެން ދުޢާކުރައްވަވާނެތެވެ. އެއިގެ ތެރޭގައިވެސް ކުރިން މިބަޔާންކުރި ހުރިހާ ކަންކަން ހިމެނިގެންވެއެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

“There is not a day upon which the servant awakens but that two angels descend. One of them says: O Allah, repay one who spends in charity! The other says: O Allah, give destruction to one who withholds charity!” 

Source: Ṣaḥīḥ al-Bukhārī 1442, Ṣaḥīḥ Muslim 1010

Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim

 

 

- ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް