އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެލަސީމިއާ ސެންޓަރަށް އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނާނެ: ރައީސް

ތެލަސީމިއާ ސެންޓަރަށް އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނާނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ތެލަސީމިއާ ސެންޓަރަށް އިންޓާނަލީ ގެންނަންޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެންނަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެމަނިކުފާނު މިއަދު ވަނީ ތެލެސީމިއާ ސެންޓަރ އަދި ތެލެސީއާ ސެންޓަރު މިހާރު ބަދަލުކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭގެ " އޮރެންޖް ހިޔާ" އަށްވެސް ވަޑައިގެން ތެލެސީމިއާ ކުދިންގެ ކަންކަން ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

އެގޮތުން ތެލަސީމިއާ ކުދިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ތެލެސީމިއާ ސެންޓަރު ގެ ހިދުމަތް ރަނގަޅުކުރުމަށް ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި

  • ޚިދުމަތްދޭ ގަޑިތައް ހޮސްޕިޓަލެކޭ އެއް ހަމަޔަކުން އިތުރުކުރުން
  • ޚިދުމަތް ރަނގަޅު ކުރުމަށް އިންޓަރނަލް މެނޭޖްމަންޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ފިލްޓަރުގެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުން
  • ޕޭޝެންޓުންނަށް ޚިދުމަތް ދިނުމަށް ސީނިއަރ ފިޒީޝަން އެއް ހަނަޖެއްސުން
  • ޚިދުމަތް ދިނުމަށް އާ އިމާރާތަކަށް ޚިދުމަތް ބަދަލުކުރުން

ރައީސް ވިދާޅުވީ ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރުގެ މަސައްކަތްތައް ބަދަލުކުރައްވާނީ ރަނގަޅު ހިދުމަތްތަކާއެކު ކަމަށެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު