އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުންތަކެއް މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުންތަކެއް މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަހުދިހައެއްގައިވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކީރިތި ޤުރުއާނާބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށްވެސް މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމުގައި ފާހަގަކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް ވިދާޅުވީ "އަޅުގަނޑުމެންގެ އެކަކު އަނެކަކަށް އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަމެއް ނެތް. ގޯސް ހުރިހާ އާދައެއް. އިސްލާމްދީނުގައި، ކީރިތި ޤުރުއާނުގައި މަނާކޮށްފައިވާ އެކަންކަމާ ދުރަށްދާން އަންގަވާފައިވާ ހުރިހާކަމެއް ސައްތަންއިންސައތަ މިޤައުމުގައި ކުރޭ. މިއީ ދެކޮޅު ޖެހޭކަމެއްތޯ؟'މިކަމަށް ވިސްނުމުން ކޮންޖަވާބެއްތޯ ދެވޭނީ؟" ކަމަށެވެ.

"އަޅުގަނޑުމެންގެ އެކަކު އަނެކަކަށް އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަމެއް ނެތް. ގޯސް ހުރިހާ އާދައެއް. އިސްލާމްދީނުގައި، ކީރިތި ޤުރުއާނުގައި މަނާކޮށްފައިވާ އެކަންކަމާ ދުރަށްދާން އަންގަވާފައިވާ ހުރިހާކަމެއް ސައްތަންއިންސައތަ މިޤައުމުގައި ކުރޭ. މިއީ ދެކޮޅު ޖެހޭކަމެއްތޯ؟'މިކަމަށް ވިސްނުމުން ކޮންޖަވާބެއްތޯ ދެވޭނީ؟" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިިއެވެ.

ރައީސް ވިދާޅުވީ ކީރިތި ޤުރުއާނުގައި އަންގަވާފައިވާގޮތަށް އަމަލު ނުކޮށްފިނަމަ، އެ އޮޅުވާލެވެނީ އަމިއްލަ ނަފްސަށްކަމަށެވެ. އަމިއްލަ ނަފްސުު އިސްލާހު ނުކުރާނަމަ ސަލާމަތެއް ނެތްކަމަށާއި، ޤައުމު ހަމަމަގަށް އަޅުވަން ބޭނުންވާނަމަ ނަފްސު އިސްލާހު ކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޤައުމު މިއޮތީ އެ ނުބައި ސިފަތަކުން ގަރަގުވެފައިކަމަށް ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހިތާއި ސިނކުޑި ޤުރުއާންގައި އަންގާފައިވާގޮތަށް ބައްޓަން ނުކުރާ ހިނދަކު ހަގީގީ ތަރައްޤީ ނާންނާނެކަމަށެވެ. ވަށާ ޖެހޭ ތަރައްޤީއަކީ ސިނކުޑި ތަރައްޤީކުރުންކަމަށް ވިދާޅުވެ ރައީސް ވަނީ ހަގީގީ މުސްލިމެއްގެގޮތުގައި ކުރިއަށްދިއުމަށް އަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ. 

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ދަންނަވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު