އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ކެޕޭސިޓީ އިތުރު ކުރުމަށް 1.8 މެގަވަޓްގެ އައު އިންޖީނެއް ގެންގޮސްފި

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ކެޕޭސިޓީ އިތުރު ކުރުމަށް 1.8 މެގަވަޓްގެ އައު އިންޖީނެއް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އިންޑިއާއިން ގެނެވުނު 1.8 މެގަވަޓްގެ އައު އިންޖީނު އުފުލައިގެން ދިޔަ ދޯނި މިހާރުވަނީ އައްޑޫއަށް ބަނދަރުކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނުން މިކަމާ ގުޅޭގޮތުން ދެއްވި މައުލޫމާތުގައި، އިންޖީނު އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި މި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ސިޓީގައި ފަހަކަށް އައިސް ކަރަންޓު ކެނޑުމުގެ މައްސަލަ ޖެހެމުން ދިޔަ ނަމަވެސް، ރައްޔިތުން ވަނީ މިކަމުގައި ވަރަށް ބޮޑު ކެތްތެރިކަމެއް ދައްކާފައެވެ. މިކަން ފާހަގަކުރައްވައި ފެނަކައިން ވަނީ ރައްޔިތުން ދައްކަވާފައިވާ ނަމޫނާއަށާއި، މައްސަލަތައް ހައްލުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ދެއްވާ އެއްބާރުލެއްވުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

މި އައު އިންޖީނު އިތުރުކުރުމުން އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު