އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ މީހަކީވެސް ނިދަންޖެހޭނެ މީހަކަށްވެފައި ނިދުމުންވެސް ޘަވާބު ހޯދެން އޮތް ފުރުޞަތުގެ ބޭނުން ހިފާށެވެ! ޢަޒާބް ދެއްވަވާނެ ގޮތަށް ނުނިދާށެވެ!: މުފްތީ މެންކް

ކޮންމެ މީހަކީވެސް ނިދަންޖެހޭނެ މީހަކަށްވެފައި ނިދުމުންވެސް ޘަވާބު ހޯދެން އޮތް ފުރުޞަތުގެ ބޭނުން ހިފާށެވެ! ޢަޒާބް ދެއްވަވާނެ ގޮތަށް ނުނިދާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

އެއްވެސް މީހަކީ ނުނިދައި އުޅެވޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް ނިދަންޖެހޭނެ މީހެކެވެ. ނިންޖަކީ ކެއުން ބުއިން ފަދައިން އިންސާނާއަށް ބޭނުންވާ ކަމެކެވެ. ނިދި ފުރިހަމަ ގޮތުގައި ނުލިބުމަކީ ނުވަތަ ރަނގަޅަށް ނުނިދުމަކީ ޞިއްޙީ ގޮތުންވެސް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ. 

ނިދުމާއިމެދު ދަންނާށެވެ! ރޭގަނޑުވެ ޢިޝާނަމާދު ވަޤުތުޖެހި ޢިޝާނަމާދުކުރުމަށްފަހު އެމީހަކު ކޮންމެހެން ކުރަންޖެހޭ ކަމެއްކުރަން ނޫނީ ހޭލައި ނުތިބުމަށް ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އެކަމަށް އޮތުމުންނެވެ. 

"އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ."

(އަލް ފުރްޤާން: 47) 

މީސްތަކުންނޭވެ! ނިދާށެވެ! ނިދަން އޮތް ވަޤުތުތަކުގައެވެ. މަސައްކަތްކުރަން އޮތް ވަޤުތުތަކުގައެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ނިދަން އޮތް ތަންމަތީގައެވެ. ނިދަން އޮތް ތަނުގައެވެ. އެއިރުން ނިދުމުންވެސް އެކުރެވެނީ އަޅުކަމެކެވެ. އެހެނީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރާ ކޮންމެ ކަމަކީ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.

(އެމީހަކު ނިދަން އޮތް ތަނަކީ އެމީހަކު ދިރިއުޅޭ ތަނެވެ. ނިދަން އޮތް ތަންމައްޗަކީ ކައިވެނިކޮށްގެން ހުރިނަމަ ދެމަފިރިން އެކުގައެވެ. ކައިވެނި ނުކޮށް އެކަނި ހުރިނަމަ އެކަންޏެވެ. ކައިވެނިކޮށްގެން ހުރިނަމަވެސް އެކަނި ދިރިއުޅެންޖެހިފައިވާނަމަ އެކަންޏެވެ. މާނައަކީ ހިލޭ މީހަކާއިއެކު ނުނިދާށެވެ.) 

ދެން އޮތީ ނިދިން ޢަޛާބު ލިބިގަތުމެވެ. ނިދަންވީ ގޮތް މިބަޔާންކުރީއެވެ. މިކަންކަން ދޫކޮށް ނިދަން ނުޖެހޭ ވަޤުތުތަކުގައި، ނިދަން ނުޖެހޭ ތަނުގައި، ނިދައިގެން ނުވާނެ ތަންމަތިތަކުގައި ނިދާނަމަ އެމީހަކަށް އެކަމުން ލިބޭނީ ޢަޛާބެވެ. ބިރުވެތިވާށެވެ! 

ނިދުމަކީ އަހަރެމެންނަށް ކޮންމެހެން ބޭނުންވާ ކަމެކެވެ. ނިދަންވާ ގޮތަށް ނިދުމަކީ އެތައް ގޮތަކުން ހަމަޖެހުން ލިބޭ ކަމެކެވެ. އުފާވެރިކަމާއި ހިތްހަމަޖެހުންވެސް ލިބޭ ކަމެކެވެ. އެހެންކަމާއިއެކުގައިވެސް ނިދުމުން ވެސް ޘަވާބު ދެއްވަވާތީ އެކަމުންވެސް އެނގިގެންދަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. އޮތީ ޝުކުރުވެރިވެ ޘަވާބު ލިބިގަންނަން މަސައްކަތްކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް