އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓުން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ އެހީތެރިކަން ލިބިއްޖެ

ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓުން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ އެހީތެރިކަން ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ފިލިޕިންސްގައި ބޭއްވުނު ވޯލްޑް ޕޭޝަންޓް ސޭފްޓީ ސަމިޓުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ގިނަ އެހީތެރިކަން ލިބިގެންދިޔަކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"ރާއްޖޭގެ ސިއްޙީ ނިޒާމަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ހަގު ނިޒާމެއް. އިތުރަށް ހަރުދަނާކުރުމަށް ގިނަ ކަންކަން އެބަހުރި،" މިހެން ވިދާޅުވަމުން ސިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ދިވެހި ޑޮކްޓަރުންނަށް އިންޓަރންޝިޕްގެ ފުރުސަތު ހޯދުމަށާއި އިތުރަށް ސްޕެޝަލައިޒްވުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ފިލިޕިންސްގެ ސިއްޙީ ވަޒީރު އެއްބަސްވެވަޑައިގަތެވެ. އަދި ފިލިޕިންސްގެ ޕްރައިވެޓް މެޑިކަލް ކޮލެޖަކުން އެމްބީބީއެސްއަށް ކިޔެވުމަށް 3 ސްކޯލަރޝިޕް ރާއްޖެއަށް ލިބިގެންދިޔަކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ރާއްޖޭގެ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖޮއިންޓް ކޮމިޝަން އޮން އިންޓަރނޭޝަނަލްގެ ޓެކްނިކަލް އެހީތެރިކަން ލިބިގެންދިޔައެވެ. އަދި އޭޑީބީގެ ސަރަޙައްދީ ބޭފުޅުންނާއެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ސިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެހީތެރިކަމާއެކު ރާއްޖޭގެ ސިއްޙީ ދާއިރާގެ ފެންވަރު މަތިވެ، ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު