އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށްފަހު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި

އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށްފަހު ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށްފަހު މޯލްޑިވްސް އިމިގްރޭޝަނުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެ އެކަން ރަސްމީކޮށް އިއުލަންކޮށްފިއެވެ.

ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ އިއްޔެއެވެ. އެ ބިލު ތަސްދީގު ކުރައްވައި، މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިވަނީ ނިންމަވައިފައެވެ.

ރައީސް، މި ބިލު ތަސްދީގު ކުރެއްވި ހިސާބުން، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ބައެއް ނޫސްތަކުގައި ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް ބޭނުން ކުރި ހަބަރު ވަނީ ޝާއިރުކޮށްފައެވެ. މީގެ ތެރޭގައި "އާރްޓީ"، "އަލްޖަޒީރާ"، "މިޑުލް އީސް އައި"ގެ އިތުރުން އިސްރާއީލުގެ "ޓައިމްސް އޮފް އިސްރާއީލް" ވެސް ހިމެނެއެވެ.

މީގެ އިތުރުން ޓުވިޓާގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ބަޔަކު އަންނަނީ ރާއްޖޭން މިފަދަ ނިންމުމެއް ނިންމުމުން އެކަމަށް ތައުރީފު ކުރަމުންނެވެ.

އިމިގްރޭޝަނުގެ ޓްރޭވަލް އެޑްވައިޒަރީގައިވާގޮތުން 2025ވަނަ އަހަރުގެ އެޕްރީލްމަހުގެ 15ވަނަ ދުވަހުން ފެށިގެން އިސްރަޢީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެއްވެސް މީހަކު އައުމަކީ މަނާކަމެއްކަމަށެވެ. 

މި ބިލާއެކީ ޑުއެލް ޕާސްޕޯޓް އޮންނަ މީހަކަށް ވިޔަސް ރާއްޖެ އެތެރެ ނުވެވޭނެއެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. މީގެ އިތުރުން، އެހެން ގައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެންޏާ އެ މީހަކު ރާއްޖެ ނުވައްދާނެއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކެކެވެ. މި ހަމަލާތަކުގައި ޔަހޫދީ އަނިޔާވެރިން މިހާތަނަށް ފަލަސްތީނުން އެތައް ހާސް ބަޔަކު ޝަހީދުކޮށްލަން ފެށި ގަތުލްއާންމު އަދިވެސް ދަނީ ކުރިއަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު