އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ!

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ އިންޒާރު ދީފައެވެ. މިގޮތުން މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެ، ކ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް މިއަދު ހެނދުނު 8:45 އިން މެންދުރު 14:00 އާ ހަމައަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގައި، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ވައި ގަދަވެ، ގަޑިއަކު 30 މޭލުގެ ބާރުމިނަށް އަރާފާނެކަމަށްވެސް އިންޒާރު ދެއްވާފައިވެއެވެ.

މި މޫސުމުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ. ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ހުންނާނެކަމަށްވެސް ލަފާކުރެވެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ. އަދި މި މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ މި މަހުގެ 11 ވަނަ ދުވަހުކަމަށް އެ އިދާރާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު